ނ. ހެނބަދޫގައި އަލަށް ޢިމާރާތްކުރަން ނިންމާފައިވާ މިސްކިތުގެ ބިންގާ އަޅައި، ރަސްމީކޮށް މަސައްކަތް ފަށައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. މިސްކިތުގެ ބިންގާ އެޅުމަށް ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާރު މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ދައުލަތުގެ ބައެއް ވަޒީރުން ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.
ނ.ހެނބަދޫގައި އަލަށް ޢިމާރާތްކުރާ މި މިސްކިތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މިމިސްކިތުގެ މަސައްކަތް ނިމިގެންދާއިރު މިސްކިތުގައި ސޯލާ ހަރުކޮށް އޭސީ ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މިމިސްކިތުގައި ލައިބްރަރީއަކާއި ކްލާސްރޫމެއް ހިމެނޭނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރައިން ބުނެފައިވާގޮތުގައި މިމިސްކިތް ހެދުމުގެ މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުން 11 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ޙަވާލުކޮށްގެނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...