ރާއްޖޭގެ ޚަބަރު ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލައިފި

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލައިފި

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފަރަތްތަކަށް އެފުރުޞަތު ޒަކާތު ހައުސްއިން ހުޅުވާލައިފިއެވެ.

ދަފުތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކުން، އެކަމަށް ޚާއްސަކޮށްފައިވާ ފޯމު ހުށަހަޅައިގެން ރަޖިސްޓްރީވުމަށް އެދެވޭނެއެވެ. ފޯމާއެކު، ރަޖިސްޓްރީވާން ބޭނުންވާ ފަރާތުގެ މަޢުލޫމާތުގެ އިތުރުން، ދަރިންނާބެހޭ މަޢުލޫމާތު އަދި އާމްދަނީއާއި ޚަރަދުތަކުގެ ތަފްސީލު ހުށަހަޅަންޖެހޭނެއެވެ. މި ހުރިހާ މަޢުލޫމާތެއް ހުށަހަޅަންވީ ގޮތުގެ ތަފްސީލު ފޯމުގައި ވަނީ ހިމަނާފައެވެ.

ޒަކާތު ހައުސްއިން އެންމެ ފަހުން ޢާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިވަގުތު ރާއްޖޭގައި 2852 މީހުން ވަނީ ފަޤީރުންނާއި މިސްކީނުންގެ ގޮތުގައި ދަފުތަރުކުރެވިފައެވެ. މި ފަރާތްތަކަށް އެހީތެރިވުމަށް ޒަކާތު ފަންޑުން ގިނަ ޢަދަދެއްގެ ފައިސާ ޚަރަދުކުރެވެމުންދެއެވެ.

އެގޮތުން ފާއިތުވި ޖޫން މަހުގެ ހިސާބުތަކުން ދައްކާގޮތުން، ދަފުތަރުގައި ހިމެނޭ ފަރާތްތަކަށް މުދަލު ޒަކާތުގެ ގޮތުގައި 14.2 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. އަދި ޚާއްސަ ޙާލަތްތައް މެދުވެރިވެގެން ޙާލުގައި ޖެހޭ ފަރާތްތަކަށް ޟަރޫރީ އެހީގެ ގޮތުގައި 12،000 ރުފިޔާ ދޫކުރެވިފައިވެއެވެ.

ފާޤިރުންނާއި މިސްކީނުންނަށް ދޫކުރާ ބޭސްފަރުވާގެ އެހީއަށް ބަލާއިރު، 104 މީހަކަށް ޒަކާތު ފަންޑުން އެހީތެރިކަން ފޯރުކޮށްދެވިފައިވެއެވެ. މި ބައިން ޚަރަދުކުރުމަށް 1.7 މިލިއަން ރުފިޔާ ކަނޑައެޅިފައިވާއިރު، މިހާތަނަށް 1.1 މިލިއަން ރުފިޔާ ވަނީ ހޭދަކުރެވިފައެވެ. މީގެ ތެރޭގައި ކެންސަރު ފަދަ ނުރައްކާތެރި ބަލިތަކުގެ ފަރުވާއަށް ކުރެވުނު ޚަރަދުތައް ހިމެނެއެވެ.

ދިވެހި ރާއްޖޭގެ ޒަކާތު ހައުސްއަކީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު އުފެއްދިފައިވާ އިދާރާއެކެވެ. މި އިދާރާ އުފެއްދެވީ ޒަކާތުގެ ނިޒާމު ހަރުދަނާކޮށް، ޒަކާތުގެ ޙައްޤުވެރިންނަށް އޭގެ މަންފާ ފޯރުކޮށްދިނުމުގެ މަސައްކަތް ފަސޭހަކުރުމަށެވެ.

ޓެގް

ޒަކާތު ހައުސް ޒަކާތު ފަންޑު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.