ރާއްޖޭގެ ޚަބަރުދަރުސް ޚަބަރު

މީސްތަކުންގެ ފިކުރާއި ކުޅެލުމަށްޓަކައި މިޒަމާނުގެ ވަސީލަތްތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފަމުންދޭ: ޝެއިޚް ފިކުރީ

Mysthakun Ge Fikuraa Kulhelumataka Mi Zamaanuge Vaseelaithakuge Beynun Emme Ragalhu Gothuga Hifamundhey: Sheikh Fikury

މީސްތަކުންގެ ފިކުރާއި ކުޅެލުމަށްޓަކައި މިޒަމާނުގެ ވަސީލަތްތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފަމުންދާކަމަށް އައްޝައިޚް ހަސަން މޫސާ ފިކުރީ ވިދާޅުވެއްޖެއެވެ.

ޝެއިޚް މިހެން ވިދާޅުވެފައި ވަނީ ޖަމިއްޔަތުއްސަލަފުން ބާއްވާ ދަރުސް ސިލްސިލާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝެއިޚް މި މަޢުޟޫއަށް އިތުރަށް ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައި ވަނީ މި ޒަމާނަކީ ކަނޑި ބަޑިން މީސްތަކުންނަށް ހަމަލާދޭން ފަސޭހަ ޒަމާނެއް ނޫން ކަމަށާއި، އެއަށްވުރެ މާބޮޑަށް ފަސޭހަވަނީ މީސްތަކުންގެ ބުއްދިއާއި ވިސްނުމާއި ކުޅެލުމަށެވެ. މިސާލަކަށް ރާއްޖެއަށް ބަލާނަަމަ ދިވެހިރާއްޖޭގެ ނޫސްތައް ކަމަށެވެ. ގިނަ ނޫސްތައް ހުންނަނީ އޮންލައިންކޮށެވެ. އޮންލައިން ނޫސްތަކުގެ ތެރޭގައި ރާއްޖޭގެ ނޫސްތަކަށް ބަލައިލައިފި ނަމަ މި ފެންނަނީ އަބަދުވެސް ކޮންމެވެސް ބައެއްގެ ނުބައި ކަންތައްތަކެއް ކުރާ ކަމުގެ ވާހަކައެވެ. އެގޮތުން އިންޑިއާގެ ކޮންމެވެސް ފިލްމު ކުޅޭ މީހަކު މަރުވިވާހަކަ، ބައެއް ނޫސްތަކުގެ މުނިފޫހި ފިލުވުމުގެ ތެރޭގައި ހުސް އެފަދަ ވާހަކައެވެ.

އަޅުގަނޑުމެން މި ކުޑަ ކުޑަ އިސްލާމީ ޤައުމުގައި ނެރޭ ނޫސްތަކުގައި މިފަދަ ޚަބަރުތައް ޖެހުމުގެ ފަހަތުގައި ފޮރުވިފައިވާ މަޤްސަދެއްވެއެވެ. މި މަޤްސަދު ޙާސިލު ކުރުމަށްޓަކައި އެބައެއްގެ ނުފޫޒާއި ބާރު ފަތުރާ، މި ޒަމާނުގެ ވަސީލަތްތައް ބޭނުން ކޮށްގެން އިސްލާމީ ޤައުމުތަކުގެ ޢަޤީދާ ބަލިކަށި ކުރުމާއި ޢަޤީދާގައި ޝައްކު އުފެއްދުމަށް މަސައްކަތް ކުރެއެވެ. މީސްތަކުންގެ މެދުގައި އެމީހުން ބޭނުންވާފަދަ ވަކި ފިކުރެއް ފެތުރުމަށްޓަކައި ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އެބަދެއެވެ.

އަދި ހަަަމަ އެހެންމެ ބައެއް ދޮގު ވާހަކަތައް ނުވަތަ ޙަޤީގަތެއް ނެތް ވާހަކަތައް ފެތުރުމަށްޓަކައި މަސައްކަތް ކުރެއެވެ. އެގޮތުން ބައެއްގެ ޚިޔާލަށް ނުވަތަ ބަޔަކު ރާވާފަ އޮންނަ ޕްލޭނެއް އެއެތި ފެތުރުމަށްޓަކައި އެވާހަކަތައް ދައްކާ ދައްކާ ގޮސް މީހުން އެއަށް ހިތް ގޯސްވާވަރަށް ވާހަކަ ދެއްކުމުގެ ސަބަބުން އާއްމުކޮށް ޖެހިފައި ތިބޭ މީހުންނަށް އެއީ ތެދެއްކަމަށް ހީވެގެންދެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *