ދޮޅު އަހަރަށްފަހު ހދ ކުޅުދުއްފުށީގައި ހުންނަ މަސްޖިދުލް ފިރްދައުސްއަށް ދާއިމީ އިމާމަކު ހަމަޖައްސައިފިއެވެ.
2019ވަނަ އަހަރު އިސްލާމިކް މިނިސްޓަރ ޑރ އަޙްމަދު ޒާހިރު ހުޅުއްވައިދެއްވި މިމިސްކިތުގެ ދާއިމީ އިމާމަކަށް ހަމަޖައްސައި ފައިވަނީ ހދ ހިރިމަރަދޫ އަމަން އާދަމް މުޙައްމަދެވެ.
އާދަމް މުޙައްމަދު މި މަޤާމަށް ހަމަ ޖައްސައިފައިމިވަނީ އެމަޤާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި އެކަމަށް ކުރިމަތިލައި އެންމެ މަތީ މަރކްސް ހޯދައިގެންނެވެ.
ވިޔަފާރިވެރިޔާ މުޙައްމަދު ޒުހައިރު އަޅައިފައިވާ މިމިސްކިތުގައި 450އެއްހާ މީހުންނަށް ނަމާދު ކުރެވޭހާ ޖާގަ އޮވެއެވެ. މިމިސްކިތް ހުންނަނި އެރަށު އުތުރު ބަނދަރު ސަރަހައްދުގައެވެ.
މިސްކިތްތަކަށް އިމާމުން ހަމަޖައްސަނީ އިސްލާމިކް މިނިސްޓްރީއިންނެވެ. ކުޅުދުއްފުށީ މަސްޖިދުލް ފިރްދައުސް އަށް ދާއިމީ އިމާމަކު ހަމަޖައްސަވައިފައި ވިޔަސް އަދި ސާފުކުރާ ދާއިމީ މުވައްޒަފެއް ހަމަޖައްސައިފައެއް ނުވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...