ރާއްޖޭގެ ޚަބަރު ކޮވިޑާ ގުޅިގެން ފަގީރުންގެ އަދަދު މައްޗަށް، މުދަލު ޒަކާތް ބަހަން ފަށައިފި

ކޮވިޑާ ގުޅިގެން ފަގީރުންގެ އަދަދު މައްޗަށް، މުދަލު ޒަކާތް ބަހަން ފަށައިފި

ކޮވިޑާ ގުޅިގެން ފަގީރުންގެ އަދަދު މައްޗަށް، މުދަލު ޒަކާތް ބަހަން ފަށައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކޮވިޑް19 އާއި ގުޅިގެން ފަގީރުންގެ އަދަދު މައްޗަށް ހިނގައްޖެ ކަމަށާއި، ފަގީރުންނާއި މިސްކީނުންނަށް 2000 ރުފިޔާގެ މަގުން މުދަލު ޒަކާތް ޖަމާކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން އެންމެ ފަހުން އެކުލަވާލި ފަގީރުންގެ ލިސްޓުގައި 8764 މީހުން ތިބި ނަމަވެސް، އެ އަދަދު ބޮޑުތަނުން އިތުރުވެފައި ވަނީ ކޮވިޑް19 އާއި ގުޅިގެން ގިނަ ބައެއްގެ ދިރިއުޅުމުގެ ހާލަތު ދަށަށް ދިއުމާ ގުޅިގެންނެވެ.

މުދަލުގެ ޒަކާތް ބެހުމަށް، ފަގީރުންނާއި މިސްކީނުންގެ ދަފްތަރު މުރާޖައާކުރުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފެށީ މިދިޔަ ޖުލައި މަހު އެވެ.

މިނިސްޓްރީން މުދަލު ޒަކާތުގެ ނިސާބުގެ ގޮތުގައި މިހާރު ކަނޑައަޅާފައިވަނީ 4676.70 ރުފިޔާ އެވެ. 2016 ވަނަ އަހަރުން ފެށިގެން މުދަލުގެ ޒަކާތް ބަލައިގަންނަމުން ދަނީ މީރާއިންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.