ރާއްޖޭގެ ޚަބަރު ދ އަތޮޅަށް އަމާޒު ކުރެވިގެން ކޮންމެ ބާ ޚަތިމަކަށް އާ ޚަތިމެއް ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް!

ދ އަތޮޅަށް އަމާޒު ކުރެވިގެން ކޮންމެ ބާ ޚަތިމަކަށް އާ ޚަތިމެއް ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް!

Dhaal Atholhah Amaazu Kurevigen Kohme Baa Khathimakah Aa Khathimeh Hadhiya Kurumuge Programeh

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދ އަތޮޅަށް އަމާޒު ކުރެވިގެން، ކޮންމެ ބާ ޚަތިމަކަށް އާ ޚަތިމެއް ހަދިޔާ ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދެވުމަށް ހަމަޖެހިއްޖެއެވެ.

މިސެޕްޓޭމްބަރު މަހުގެ 20 އިން 26 އަށް ކުރިއަށް ގެންދެވުމަށް ހަމަޖެހިފައިވާ ޕްރޮގްރާމަކީ ދ އަތޮޅުގެ ކައުންސިލާއި، އެއަތޮޅުގެ ހުރިހާ ރަށެއްގެ ކައުންސިލުތަކާއި، ޔުނައިޓަޑް އިސްލާމިކް ސޮސައިޓީއިން ގުޅިގެން ކުރިއަށް ގެންދަވާ ޕްރޮގްރާމެކެވެ. މިގޮތުން، ޔުނައިޓަޑް އިސްލާމިކް ސޮސައިޓީއިން، އެބޭފުޅުންގެ ފޭސްބުކް ޞަފްޙާގައި ޢާއްމު ކުރައްވާފައިވާ ވީޑިޔޯއެއްގައި ވިދާޅުވެފައިވާ ގޮތުގައި ބާވެފައިވާ ޚަތިމްތަކަށް އާ ޚަތިމެއް ދެއްވުމުގެ އިތުރުން (އިސްލާމް ފޮތްތަކާއި، ދީނީ ލިޔުންތައް ފަދަ) ﷲ ސުބްޙާނަހޫ ވަތަޢާލާގެ އިސްމުފުޅު ހިމެނޭ ފޮތްތްކާއި ލިޔުންތަކާއި އިސްލާމީ ޝަރީޢަތާއި އެއްގޮތަށް ނައްތާލުމުގެ އިންތިޒާމުވަނީ ހަމަޖެހިފައެވެ.

މިޕްރޮގްރާމުގެ ތެރެއިން ބާވެފައިވާ ޚަތިމެއް ނުވަތަ އެފަދަ އެއްޗެއް ޙަވާލު ކުރެއްވުމަށް ބޭނުންފުޅުނަމަ، ދ.ކުޑަހުވަދޫއިން ނަމަ 7748000 އަށް ނުވަތަ 7861051 އަށް ގުޅުއްވުމުން (އިން ޝާއަ ﷲ) އެކަމުގެ އިންތިޒާމު ހަމަޖެހިގެން ދާނެއެވެ. ދ.އަތޮޅުގެ އެހެނިހެން ރަށްރަށުން ނަންނޯޓު ކުރެއްވުމަށް ގުޅުއްވާނީ އެރަށެއްގެ ކައުންސިލް އިދާރާއަކަށެވެ.

މިޙަރަކާތާއި މެދު އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިލިންކަށް ވަންނަވާ!

އަދި މިޙަރަކާތް ރާވާ ހިންގަވާ އެއްޖަމްޢިއްޔާ ކަމުގައިވާ ޔުނައިޓަޑް އިސްލާމިކް ކައުންސިލުގެ ފޭސްބުކް ޞަފްޙާ ހުޅުއްވުމަށް މިލިންކަށް ވަންނަވާ!

ޓެގް

ޚަތިމަކަށް ޚަތިމެއް ޔުނައިޓަޑް އިސްލާމިކް ސޮސައިޓީ ދ އަތޮޅު ކައުންސިލު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.