ރާއްޖޭގެ ޚަބަރު ނޫސްވެރިންނަކީވެސް ﷲ ގެ ޙަޟްރަތުގައި ހުއްޓިހުރެ ޖަވާބުދާރީވާން ޖެހޭ ބައެއް: ޝައިޚު ޝަފީޢު

ނޫސްވެރިންނަކީވެސް ﷲ ގެ ޙަޟްރަތުގައި ހުއްޓިހުރެ ޖަވާބުދާރީވާން ޖެހޭ ބައެއް: ޝައިޚު ޝަފީޢު

Khiyalu Faalhu Kurumuge Namuga Islam Dheenah furahsaara Kuruma Eh Jinsun Gulhun HingumakY Islam Dheenuga Dhehvafava Haqquthakeh nun: Sheikh Shafeeu

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ނޫސްވެރިންނަކީވެސް ﷲ ގެ ޙަޟްރަތުގައި ހުއްޓިހުރެ ޖަވާބުދާރީވާން ޖެހޭ ބައެއްކަމަށް ޝައިޚު ޝަފީޢު ވިދާޅުވެއްޖެއެވެ.

ޝައިޚު މިހެން ވިދާޅުވެފައިވަނީ "ޝައިޚު ޝަފީޢު ޢަބްދު ﷲ" މިނަމުގައި ޓެލެގްރާމު މެދުވެރިކުރައްވާ ޝައިޚު ހިންގަވާ ގުރޫޕެއްގައެވެ.

ޝައިޚު ވިދާޅުވެފައިވާ ގޮތުގައި މުސްލިމް މުޖުތަމަޢެއްގެ ފިކުރަށް އަސަރުކުރުވުމުގެ އެންމެ ބޮޑު އެއް ބާރެއް އޮތީ ނޫސްވެރިންގެ އަތްމަތީގައެވެ. އެހެންކަމުން، މިއީ ވަރަށް ބޮޑު މަސްއޫލިއްޔަތެއް ކަމަށާއި، ވަރަށް ބޮޑު ޒިންމާއެއް ކަމަށް ޞިފަ ކުރައްވާފައިވެއެވެ.

"(ނޫސްވެރިން) ފާޙިޝް ޚަބަރުތަކާއި، ފާޙިޝްކަންކަން އުފައްދައި ފަތުރާ މީހުންގެ ޚަބަރުތަކާއި، މުސްލިމް މުޖުތަމަޢަކާ އެކަށީގެންނުވާ މީސްމީހުންގެ ޚަބަރުތައް ގެނެސްދިނުމުން ދުރުހެލިވާން ޖެހޭނެއެވެ. އިސްލާމީ މުޖުތަމަޢެއްގައި ނޫސްވެރިން ވާން ވާނީ، ދީނީ އިޖްތިމާޢީ ސިޔާސީ އިޤްތިޞާދީ ތަޢުލީމީ އަޚްލާޤީގޮތުން މުޖުތަމަޢަށް ފައިދާހުރި ޚަބަރާއި ލިޔުންތައް ގެނެސްދޭ ބަޔަކަށެވެ." ޝައިޚު ވިދާޅުވެފައިވެއެވެ.

ޝައިޚު ޝަފީޢަކީ މައްކާގެ އުއްމުލް ޤުރާ ޔުނިވާރސިޓީގެ ޢަޤީދާގެ ފެކަލްޓީއިން ބެޗްލާރސް ޑިގްރީ ޙާޞިލު ކުރައްވާފައިވާ ބޭފުޅެކެވެ. އަދި މިހާރު ގެންދަވަނީ ހަމަ އެޔުނިވާރސިޓީއިން މާސްޓާރޒް ޑިގްރީ ހައްދަވަމުންނެވެ.

ޓެގް

ދިއިސްލާމް ދީން ނޫސްވެރިން ދިވެހިން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.