ރާއްޖޭގެ ޚަބަރު މުދަލު ޒަކާތުގެ ނިޞާބު ބަދަލުވެފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ހާމަކޮށްފި

މުދަލު ޒަކާތުގެ ނިޞާބު ބަދަލުވެފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ހާމަކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

2011 މާޗް 22 ން ފެށިގެން މުދަލުގެ ޒަކާތް ވާޖިބުވާ ނިޞާބަކީ 8,573.95 ރ. ( އަށްހާސް ފަސްސަތޭކަ ހަތްދިހަ ތިންރުފިޔާ / ނުވަދިހަ ފަސްލާރި ) ކަމަށް އިސްލާމިކް މިނިސްޓްރީ އިން ހާމަކޮށްފިއެވެ. އެމިނިސްޓްރީ އިން މަޢުލޫމާތު ދެއްވާ ގޮތުގައި މީގެ ކުރިން މުދަލު ޒަކާތުގެ ނިޞާބަކީ 7,508.90 ރ. ( ހަތްހާސް ފަސްސަތޭކަ އަށްރުފިޔާ / ނުވަދިހަ ލާރި ) އެވެ.

މުދަލުގެ ޒަކާތު ވާޖިބުވަނީ އެމީހެއްގެ އަތުގައި ނިޞާބު ގެ މިންވަރު ނުވަތަ އެއަށްވުރެން ގިނަފައިސާ ހަމަވެފައި ހުންނަތާ 01 އަހަރު ވެފައިވާ ފައިސާ އާއި ތަކެތިންނެވެ. ޒަކާތް ނެރެންޖެހޭނީ އެ ޢަދަދެއްގެ 40 ބައި ކުޅަ އެއްބައެވެ. އެއީ 2.5 އިން ސައްތައެވެ.

މިފަހަކަށް އައިސް މުދަލު ޒަކާތް ދައްކާ މިންވަރު ވަރަށް ބޮޑުތަން އިތުރުވެފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީ އިން މަޢުލޫމާތު ދެއްވައެވެ.

ޓެގް

މުދަލު ޒަކާތް، ނިޞާބު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.