ރާއްޖޭގެ ޚަބަރު ދަރިވަރުންގެ އަޚްލާޤް ރަނގަޅުކުރުމަށްޓަކައި އިސްލާމިކް މިނިސްޓްރީ އިން ޚާއްޞަ ޕްރޮގްރާމެއް ފަށަނީ

ދަރިވަރުންގެ އަޚްލާޤް ރަނގަޅުކުރުމަށްޓަކައި އިސްލާމިކް މިނިސްޓްރީ އިން ޚާއްޞަ ޕްރޮގްރާމެއް ފަށަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސްކޫލުތަކުގެ ދަރިވަރުންގެ އަޚްލާޤު ރަނގަޅު ކުރުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީ އާއި ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި ޕީ.ޓީ.އޭ ގެ އިސްފަރާތްތައް ގުޅިގެން ބޭއްވި ބައްދަލުވުމެއްގައި ނިންމާފައިވާ ފަދައިން، މާލެ ސިޓީގެ ސްކޫލްތަކުގެ ދަރިވަރުންގެ ސުލޫކާއި އަޚުލާޤް ރަނގަޅު ކުރުމަށްޓަކައި ސިލްސިލާ ޕްރޮގްރާމެއް ފެށުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ހާމަކޮށްފިއެވެ.

އެމިނިސްޓްރީ އިން މަޢުލޫމާތު ދެއްވާ ގޮތުގައި މިޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ހަފްތާއަކު 02 ދުވަހު ކަމަށާއި، ގްރޭޑް 7 ން ފެށިގެން މަތީ ގްރޭޑްތަކުގެ ދަރިވަރުންނަށް ހިންގާ މިޕްރޮގްރާމްގައި އިސްވެ މަސައްކަތް ކުރައްވާނީ ދީނީ ޢިލްމުވެރިން ކަމަށެވެ. އަދި ޢިލްމުވެރިންގެ ވަހާކަފުޅުތައް މައިގަނޑުގޮތެއްގައި އަމާޒު ކުރައްވާނީ ކަނޑައެޅިފައިވާ މަޢުޟޫޢުތަކަކަށް ކަމަށެވެ.

މިގޮތުން މާޗް މަހަށް ކަނޑައެޅިފައިވާ މައުޟޫޢުތަކަކީ

* މުޢާމަލާތް ރަނގަޅުކުރުމުގެ ތެރެއިން :

1-   އިޙްތިރާމް ކުރުން

2-   އުޚުއްވަތްތެރިކަން

3-   ތިމާގެ ދުލުންނާއި އަތުން ތިމާގެ އަޚާއަށް އުނދަގޫ ނުކުރުން

4-   އިންސާނާގެ ޢަމަލުތަކުގެ މައްޗަށް ބިނާކޮށް މާތް ﷲ ޖަޒާދެއްވައެވެ.

އަދި އޭޕްރީލް މަހަށް ކަޑައަޅިފައިވާ މައުޟޫޢުތަކަކީ

* ރިވެތި އަޚްލާޤުގެ ތެރެއިން :

1-   ތެދުވެރިކަން

2-   އަމާނާތްތެރިކަން

3-      ލަދުވެތިކަން

4-      މަޢާފްކުރުން

ކަމަށް އިސްލާމިކް މިނިސްޓްރީ އިން މަޢުލޫމާތު ދެއްވައެވެ.

ޓެގް

އަޚްލާޤް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.