ރާއްޖޭގެ ޚަބަރުއަރަބިދުނިޔެދުނިޔެ

މިޑްލް އީސްޓު މޮނިޓަރ އިން ޔާސިރު ޞިފަކޮށްފައިވަނީ ސިޔާސީ ކުށްވެރިއެއްގެ ގޮތަށް

Middle East Monitor in Yaser Sifa Kohfavany Siyaasy Kuhveriehge Gothuga

މެދު އިރުމަތީގެ ޚަބަރު ފަތުރާ މަޝްހޫރު ނޫސް އޭޖެންސީއެއް ކަމަށްވާ މިޑްލް އީސްޓު މޮނިޓަރ އިން މިމަހު 2 ވަނަ ދުވަހު ނިޔާވި ޔާސިރު ޔަޙްޔާ އަކީ ސިޔާސީ ކުށްވެރިއެއްގެ ގޮތުގައި ޞިފަކޮށްފިއެވެ.

މިގޮތުން މިމަހު އޮގަސްޓު 4 ވަނަ ދުވަހު "އިންޞާފުވެރި ޝަރީޢަތަކާއި ނުލާ ޔަމަނުގެ ސިޔާސީ ކުށްވެރިޔާ އަވަހާރަވެއްޖެ" މިނަމުގައި މިޑްލް އީސްޓު މޮނިޓަރގައިވާ ޚަބަރެއްގައި ލިޔުއްވާފައިވާ ގޮތުގައި ޔާސިރު ޔަޙްޔާ ހައްޔަރު ކުރެވިފައިވަނީ ޓެރަރިޒަމާއި ގުޅުން ހުރި ކަމުގެ ތުހުމަތުގައި ސަޢުދީ ޢަރަބިއްޔާގެ އެދުމުގެ މަތިންނެވެ. އެހެނަސް ރަސްމީކޮށް އޭނާއަށް އެއްވެސް ޙުކުމެއް ކޮށްފައިނުވާކަމަށްވެސް މިޚަބަރުގައި ފާހަގަ ކޮށްފަައިވެއެވެ.

ޔާސިރުގެ ޢާއިލާއަށް ޙަވާލާދެއްވާ މިޚަބަރުގައި ބަޔާން ކުރައްވާފައިވާ ގޮތުގައި ޔާސިރު ޔަޙްޔާ ޞާލިޙް ހައްޔަރު ކޮށްފައިވަނީ މާރޗް 17 ވަނަ ދުވަހުގައެވެ. އެއީ ސަޢުދީގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒް ރާއްޖެ އައުމަށް ހަމަޖެހިފައިވާ ދުވަހެވެ. އަދި އެއަށްފަހު އެއްވެސް ސަބަބަކާއި ނުލާ ކަމާބެހޭ ފަރާތްތަކުން، އޭނާ ގާތު އަނބުރާ ޤައުމަށް ދިޔުމަށާއި، މިކަމައިގެން މީޑިޔާއަށް ނުދިޔުމަށް އަންގާފައިވެއެވެ.

އަދި ޔާސިރު ހައްޔަރު ކުރެވުނުއިރު އޭނާގެ އަނބިކަނބަލުން އިންނެވީ ބަލިވެކަމަށާއި، ހައްޔަރު ކުރެވިފައިވީއިރު، އަނބިމީހާއަށް ބައްދަލުވެފައި ނުވާކަމަށްވެސް މިޚަބަރުގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޢާއިލާގެ ޤާނޫނީ ވަކީލު އަޙްމަދު ނިމާލަށް ޙަވާލާ ދެއްވާ މިޑްލް އީސްޓު މޮނިޓަރ އިން ބުނެފައިވާ ގޮތުގައި މިފަދައިން ކޯޓު އޯޑަރަކާއި ނުލާ ބަންދުގައި ބެހެއްޓުމަކީ ޤާނޫނު އަސާސީއާއި ޚިލާދު ކަމެކެވެ. އަދި ދިގު މުއްދަތެއް ވަންދެން ބަންދުގައި ބެހެއްޓުމަކީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ޚިލާފު ކަމެއްކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.

އޭނާ އަވަހާރަވުމުގެ ކުރިން މިހާރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ޔާސިރު ވަނީ ސިޓީއެއް ފޮނުވާފައެވެ. އެސިޓީގައި ފާހަގަކޮށްފައިވާ ގޮތުގައި އޭނާގެ އަނބިދަރީންނާއި ދުރުގައި އޭނާ ބެހެއްޓިފައިވަނީ ޓެރަރިސްތެއް ކަމުގެ އެއްވެސް ހެއްކަކާއި ނުލައެވެ. އަދި ޖަލުގައި ތިބި އޮފިސަރުންގެ ފަރާތުން އޭނާއަށް ދަނީ އަނިޔާ ލިބެމުންނެވެ.

ޢަރަބި އިސްލާމީ ޤައުމެއްކަމަށްވާ ޔަމަނަށް ނިސްބަތްވާ ޔާސިރު ޔަޙްޔާ އަވަހާރަވެފައިވަނީ ދިވެހި ރާއްޖޭގެ ސަރުކާރުގެ ބެލުމުގެ ދަށުގައި ވަނިކޮށެވެ. ހައްޔަރު ކުރުމަށްފަހު ސަރުކާރުން އޭނާއަށް އޮތީ ހަނގުރާމަ ހިނގަމުންދާ، އެކަމުގެ ނުރައްކާ އޮތް އުފަން ޤައުމަށް ދިޔުމެވެ. ނުވަތަ އަނބި ދަރީން ތިބި ޤައުމުގައި ޤައިދީއެއްގެ ގޮތުގައި މަޑުކުރުމެވެ.

މަޞްދަރު: މިޑްލް އީސްޓު މޮނިޓަރ

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *