ރާއްޖޭގެ ޚަބަރު ޒަކާތް ބެހުމުގެ މައްސަލަ ދިޔައީ ރަގަޅަށް ނޫންކަމަށް މަޖިލިހުން ބުނެފި

ޒަކާތް ބެހުމުގެ މައްސަލަ ދިޔައީ ރަގަޅަށް ނޫންކަމަށް މަޖިލިހުން ބުނެފި

Zakat Behumuge Massala Dhiyaee Rangalhah Nun Kamah Majlihun Bunefi

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިއަހަރުގެ ފިޠުރު ޒަކާތް ބެހުމުގައި އިސްލާމިކް މިނިސްޓްރީން ޢަމަލު ކޮށްފައިވަނީ އެއްމެ ރަގަޅަށް ނޫންކަމަށް މަޖްލިހުން ބުނެފިއެވެ.

ރައްޔިތުންގެ މަޖްލިހުން މިގޮތަށް ނިންމާފައިވަނީ މިދިޔަ ހަފްތާގައި، ރައްޔިތުންގެ މަޖްލިހުން ބޭއްވި ޖަލްސާއެއްގައެވެ. މިޖަލްސާގައި ވާހަކަ ދެކެވިފައިވަނީ މަޖްލިހުގެ 58 މެންބަރުންގެ ވޯޓަކުން ފާސްކުރެވުނު، މިއަހަރުގެ ޒަކާތް ބެހުމުގައި އިސްލާމިކް މިނިސްޓްރީން ޢަމަލުކުރި ގޮތުގެ މައްޗަށް، މަޖްލިހުގެ އިޖްތިމާޢީ ކޮމިޓީން ލިޔުނު ރިޕޯޓާއި މެދުއެވެ.

މިރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޒަކާތް ލިބޭ ފަރާތްތަކުގެ ލިސްޓަށް ބަދަލު ގެނައުމަކާއި ނުލާ މިއަހަރު ފިޠުރު ޒަކާތް ބެހިފައިވުމަކީ އެއްމެ އިންޞާފުވެރި ގޮތެއްނޫނެވެ. އެހެނީ އެދުވަސްވަރު ކޯވިޑް 19 އާއި ވިދިގެން ސަރުކާރުގެ އޮފީސްތައް ބަނދުކުރެވިފައިވީ ނަމަވެސް، އިންޓަނެޓު މެދުވެރިކޮށް އޮފީސްތަކުގެ އެފަދަ އިދާރީ މަސައްކަތްތަކާއި، ފައިސާގެ މުޢާމަލާތްތައް ވަނީ ކުރިއަށް ގެންދަވާފައެވެ. މިހެންކަމުން، ހަމަ މިފަދައިން އިސްލާމިކް މިނިސްޓްރީންވެސް ފިޠުރު ޒަކާތް ބަލައިގަތުމާއި، ބެއްސެވުމުގެ ކަންތައްތައް ކުރިއަށް ގެންދެވިދާނެކަމަށްވެސް މިރިޕޯޓުގައިވެއެވެ.

މީގެ އިތުރުން ކޮންމެ އަހަރަކުވެސް، ޒަކާތް ހައްޤުވާ ފަރަތްތަކުގެ ލިސްޓު މުރާޖަޢާ ކުރުމަކީ މުހިއްމުކަމެއްކަމަށް ދެކޭ ކަމަށްވެސް މިރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައިވާ ގޮތުގައި 2019 ވަނަ އަހަރު އެކުލަވާލެވިފައިވާ ފަޤީރުންގެ ލިސްޓަކީ ޒަކާތަށް އެދޭ ފޯރމު އިޞްލާޙު ކުރެވި، އަދި ކަމާއި ގުޅޭ އެތައް މުއައްސަސާތަކާއި ގުޅިގެން އެކުލަވާލެވިފައިވާ ލިސްޓެކެވެ. މިގޮތުން 2019 ވަނަ އަހަރުގެ އޭޕްރިލްގައި އެލިސްޓު އެކުލަވާލެވުމަށްފަހު އެއަހަރުގެ ސްޕްޓެމްބަރ މަހު ވަނީ އެލިސްޓުގައި ރަޖިސްޓްރީ ވާން އެދޭ ފަރާތްތަކަށް އިތުރު ފުރުޞަތުތަކެއް ދެވިފައެވެ.

ޓެގް

ފިޠުރު ޒަކާތް ބެހުން އިސްލާމިކް މިނިސްޓްރީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.