ދަރުސް ޚަބަރު ދެެއްކުންތެރިކަމުގެ ނުރައްކާތެރި ވަބާއިން އަޅުގަނޑުމެން ރައްކާތެރި ވާން ޖެހޭ: ޝެއިޚް ސާޖިދު

ދެެއްކުންތެރިކަމުގެ ނުރައްކާތެރި ވަބާއިން އަޅުގަނޑުމެން ރައްކާތެރި ވާން ޖެހޭ: ޝެއިޚް ސާޖިދު

Dhekkuntheri Kamuge Nurakkaatheri Vabaa In Alhugadumen Rakkaatheri Vaan Jehey: Sheikh Saajidh

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ދެއްކުންތެރިކަމުގެ ނުރައްކާތެރި ވަބާއިން އަޅުގަނޑުމެން ރައްކާތެރި ވާންޖެހޭނެ ކަމަށް ޝެއިޚް ސާޖިދު މުހައްމަދު ވިދާޅުވެއްޖެއެވެ.

ޝެއިޚް ސާޖިދު މިހެން ވިދާޅުވީ ރަބީޢުލްޤުލޫބި ފައުންޑޭޝަނުން ކުރިއަށް ގެންދަވާ ދަރުސް ސިލްސިލާ ކަމުގައިވާ ކަލިމައިގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޝެއިޚްގެ ވާހަކައިގައި އިތުރަށް ވިދާޅުވެފައި ވަނީ ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވާ ހަދީޘް ބަސްފުޅެއްގެ މާނައިގައި ވާކަމުގައެވެ. ތިމަން ކަލޭގެފާނު ތިޔަބައިމީހުންގެ މައްޗަށް އެންމެ ބޮޑަށް ބިރުވެތިވާ ކަމަކީ ކުޑަ ޝިރުކު ކަމުގައެވެ. އެހިނދު ޞަހާބީ ބޭކަލުން ކުޑަ ޝިރުކަކީ ކޮބާކަން ސުވާލު ކުރެއްވިއެވެ. ދެން އެކަލޭގެފާނު އެއީ ދެއްކުންތެރިކަން ކަމުގައި ޙަދީޘް ކުރެއްވިއެވެ.

އަދި ހަމަ އެހެންމެ ދެއްކުންތެރިކަމަކީ އިންސާނާ ކުރާ ހެޔޮ ޢަމަލުގެ ތެރެއަށް ވަންނަ ކަމެކެވެ. އަދި އަޅުގަނޑުމެން އެކަމުން ސަލާމަތް ވާން މަސައްކަތް ކުރަން ޖެހޭނެ ކަމެއް ކަމުގައެވެ. ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ދެއްކުންތެރި ކަމަކީ ކޮބާއިކަން ބަޔާން ކުރައްވާ ޙަދީޘް ކުރައްވާފައިވާ ޙަދިޘް ބަސްފުޅެއްގެ މާނައިގައި ވެއެވެ. މީހަކު ތެދުވެ ނަމާދު ކުރަން ފަށައެވެ. އަދި މީސްތަކުން ބަލާކަން އޭނާއަށް އިނގުމުން ނަމާދު ޒީނަތްތެރިކޮށް ރީތިކުރެއެވެ.

އެހެންކަމުން އަޅުގަނޑުމެން މިކަމަށް ރައްކާތެރިވާން ޖެހެއެވެ. މިކަމުގެ ޙައްލެއްގެ ގޮތުން ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ވަނީ އަޅުގަނޑުމެންނަށް ދުޢާއެއް ދަސްކޮށްދެއްވާފައެވެ. މިދުޢާ އަޅުގަނޑުމެން ދަސްކޮށްފި ކަމުގައި ވާނަމަ ނޭނގި ހުރެ އަޅުގަނޑުމެންގެ ޢަމަލުތަކުގެ ތެރެއަށް ވަންނަ ދެއްކުންތެރިކަމުން އަޅުގަނޑުމެން ސަލާމަތް ވެގެން ހިނގައި ދާނެ ކަމަށްވެސް ޝެއިޚްގެ ވާހަކައިގައި ވަނީ ވިދާޅުވެފައެވެ. އެދުޢާ އަކީ اللهم اني أعوذ بك أن أشرك بك شيا وأنا أعلم وأعوذ بك لما لا أعلم އެވެ.

ޝެއިޚްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވެފައި ވަނީ ﷲ ތަޢާލާ ދެއްކުންތެރި ކަމުގެ ނުރައްކާތެރި ވަބާއިން އަޅުގަނޑުމެން އެންމެން ސަލާމަތް ކުރެއްވުން އެދި ދުޢާ ކުރައްވަމުންނެވެ.

ޓެގް

ދަރުސް ޚަބަރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.