ރާއްޖޭގެ ޚަބަރު

އިސްލާމްދީނަށް ތައުހީނު ކޮށް، ދީނުގެ އުޞޫލުތަކާއި ޚިލާފަށް ކުރެވޭ ކަންކަމުގައި ބައިވެރިވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ގޮވާލަން: ޢަދާލަތު ޕާޓީ

Islam Dheenah Thauheenukoh Dheenuge Usool thaka Khilafah Kurevey Kankamuga Baiveriva Faraiythakah Fiyavalhu Elhumah Govaalan: Adhalath Party

އިސްލާމްދީނުގެ އަޞްލު އުޞޫލުތައް ތައުހީނު ކުރުމަށް ކުރެވޭ މަސައްކަތްތަކާއި ދީނުގެ އުޞޫލުތަކާއި ޚިލާފަށް ކުރެވޭ ކަންކަމުގައި ބައިވެރިވާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖްލިހުން ގޮވާލައްވައިފިއެވެ.

ޢަދާލަތު ޕާޓީއިން އިއްޔެގެ ވަޤުތެއްގެ ނެރުއްވާފައިވާ ބަޔާނެއްގައި ވާގޮތުގައި އިސްލާމީ ޝަރީޢަތުގެ މައިގަނޑު މަޤުޞަދަކީ އިސްލާމްދީނާއި، މީސްތަކުންގެ ފުރާނައާއި، މުދަލާއި، ބުއްދިއާއި، އިންސާނީ ނަސްލާއި އަބުރާއި ޢިއްޒަތް ރައްކާތެރިކުރުމެވެ. އަދި މިކަންކަމަށް ރައްކާތެރިވެއްޖެނަމަ މުޖުތަމަޢުގައި އަމަންއަމާންކަމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓި، އިންސާނުންނަށް ލިބިދޭންޖެހޭ އެންމެހާ އަސާސީ ޙައްޤުތައް ކަށަވަރުވެގެން ދާނެއެވެ.

މިބަޔާނުގައި އިތުރަށް ފާހަގަ ކުރައްވާފައިވާ ގޮތުގައި ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީގެ 10 ވަނަ މާއްދާގައި މިކަން ކަށަވަރުކޮށްދެއެވެ. އެހެނީ މިޤާނޫނުގެ 10 ވަނަ މާއްދާގެ (ހ) ގައިވަނީ ދިވެހި ރާއްޖޭގެ ދީނަކީ އިސްލާމްދީންކަމަށާއި، އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަސްދަރު ކަމަށެވެ. އަދި ހަމަ އެ މާއްދާގެ (ށ) ގައިވަނީ ދިވެހި ރާއްޖޭގައި އިސްލާމްދީނުގެ އަސްލަކާއި ޚިލާފު އެއްވެސް ޤާނޫނެއް ނުހެދޭނެކަމަށެވެ.

"ނަމަވެސް މިހާރަކަށް އައިސް މިކުޑަކުޑަ މުޖުތަމަޢުން ފެންނަމުންދާ ބައެއް ކަންކަމަކީ އިސްލާމީ ޝަރީޢަތުގެ މަޤްޞަދުތަކާއި އަދި ޤާނޫނު އަސާސީގެ ރޫހާވެސް ޚިލާފު ކަންކަމެވެ. މިއީ އަހަރުތަކެއް ކުރީއްސުރެ ބަޔަކު މީހުން އަޑީގައި ތިބެގެން ވަކި މަޤުޞަދުތަކެއް ހާސިލުކުރުމަށް ހިންގަމުން އަންނަ ޖަރީމާތަކެކެވެ." އެބޭފުޅުން ވިދާޅުވެފައިވެއެވެ.

މި ބަޔާނުގައި 2015 ވަނަ އަހަރު ޝާއިޢުކޮށް، މިދިޔަ އަހަރު އާއްމުންގެ ތެރެއަށް ތިލަވެގެންދިޔަ ނުރައްކާތެރި އެމްޑީއެންގެ ރިޕޯޓުގައި ހިމެނުނު ކަންކަމާއި ގުޅިގެން ސަރުކާރުން މިޖަމްޢިއްޔާވަނީ އުވާލައްވާފައެވެ. އެހެނަސް ދިވެހިރާއްޖޭގެ އިޖުތިމާއީ ޙާލަތަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ވަޒަންކުރުންކުރުމަށް ފަހު ކަމަށް ބުނެ އަންހެނުންނާ މެދު ކުރެވޭ އެންމެހައި ނައްތާލުމާބެހޭ އދ ގެ ބައިނަލްއަޤުވާމީ މުޢާހަދާ (ސީޑޯ) ކޮމިޓީއަށް ހުށަހެޅުމަށް "އުތެމަ" ޖަމިއްޔާގެ ރިޕޯޓުގައިވަނީ އެމްޑީއެން ރިޕޯތަށް ތާއީދުކޮށް، އަދި އިސްލާމްދީނަށް ތައުހީނުކޮށް ޝަރީޢަތުގެ ޙުކުމްތަކަށް ފުރައްސާރަވާގޮތަށް އެކުލަވާލާފައެވެ. އަދި މިކަންކަމަކީ ސައްތައިންސައްތަ އިސްލާމީ މި ދިވެހި ޤައުމުގެ އެއްވެސް މުވާތިނެއްގެ ކިބައިން ފެނިގެންވާނޭ ކަންކަމެއް ނޫންކަމަށްވެސް މިރިޕޯޓުގައި ވިދާޅުވެފައިވެއެވެ.

މިބަޔާން ނިންމަވާލައްވަމުން ޢަދާލަތު ޕާޓީއިންވަނީ އިސްލާމްދީނަށް ތައުހީނުކޮށް އެދީނުގެ އަސްލު އުސޫލުތަކާއި އަދި ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޚިލާފަށް ކުރެވޭ މިފަދަ އެންމެހާ ނުބައި ހަޑިމުޑުދާރުކަންކަން ހުއްޓުވައިދެއްވާ، މިކަންކަމުގައި ޝާމިލުވާ އެންމެހާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެންނަވައި، ލަސްނުކުރައްވައި ފިޔަވަޅު އަޅުއްވައި ދެއްވުމަށް، ކަމާބެހޭ ހުރިހާ މުއައްސަސާތަކަށް މި މަޖިލީހުގެ ފަރާތުން އިލްތިމާސްކޮށް ދަންނަވާފައެވެ.

އެމްޑީއެން ރިޕޯޓު ލިޔުނު މީހުންނަށް ފިޔަވަޅު އެޅިފައި ނުވާތީއާއި، އުތެމައިން މިރިޕޯޓަށް ތާއީދުކޮށްފައިވާތީ ގިނަ ޢަދަދެއްގެ ޢާއްމު ރައްޔިތުންނާއި، ދީނީ ޢިލްމުވެރިންނާއި ޖަމްޢިއްޔާ ޖަމާޢަތްތައްދަނީ މިކަމާއި ނުރުހުން ފާޅު ކުރައްވަމުންނެވެ. މީގެ އިތުރުން ތުލުސްދޫ އަދި އުތީމުގެ ކައުންސިލުންވަނީ މިކަމާއި އިދިކޮޅަށް ބަޔާނެއްވެސް ނެރުއްވާފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *