މާދަމާއިން ފެށިގެން މާލޭގެ މިސްކިތްތަކުގައި ޖަމާޢަތް ފެށޭނެކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް ޞާލުޙް އިއުލާން ކުރައްވައިފިއެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް މީގެ 1 ގަޑިއިރު ކުރިން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވާ ގޮތުގައި، "އާ ޢާއްމު ޙާލަތުގެ ދަށުން" ގްރޭޓަރ މާލޭގެ (މާލެ، ހުޅުމާލެ، ވިލިމާލެ) ސަރަޙައްދުގައި ހުރި މިސްކިތްތަކުގެ ޖަމާޢަތް 1 ޖުލައި 2020 އިން ފެށިގެން ކުރިއަށް ދާނެއެވެ.
މިޖޫން މަހުގެ 14 ވަނަ ދުވަހުގެ މަޣްރިބު ނަމާދުން ފެށިގެން މާލޭގެ މިސްކިތްތަކުގައި، ޖަމާޢަތް ނުހަދާ، ވަކި ވަކި ފަރުދުން ނަމާދު ކުރުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. މިކަމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީންވަނީ ނަމާދަށް ދިޔުމުގައި ޚާއްޞަ ސަމާލުކަމެއް ދޭންވީ ބައެއް ކަންކަން ފާހަގަ ކުރައްވާފައެވެ. މިގޮތުން ގެއިން ވުޟޫ ކޮށްގެން ދިޔުމާއި، މުޞައްލައެއް ހިފައިގެން މިސްކިތަށް ދިޔުމާއި، އުމުރުން ދުވަސްވީ ފަރާތްތަކާއި، ރޯގާގެ ޢަލާމާތްތައް ހުންނަ ފަރާތްތަކުން މިސްކިތަށް ނުދިޔުން މިއީ އޭރު އިސްލާމިކް މިނިސްޓްރީން ފާހަގަ ކުރައްވާފައިވާ ބައެއް ކަންކަމެވެ.
މީގެ އިތުރުން ރައީސް އިބްރާހީމް ޞާލިޙް ކުރައްވާފައިވާ ޓްވީޓެއްގައި، މާދަމާއިން ފެށިގެން މިސްކިތްތަކުގެ އިތުރުން، ސަރުކާރުގެ އޮފީސްތަކާއި، ފިހާރަތަކާއި، ކެފޭ އަދި ރެސްޓްރޮންޓުތައްވެސް ހުޅުވޭނޭކަމަށް ވަނީ ވިދާޅުވެފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...