ދީނާއި ޤައުމަށް ހެޔޮ އެދޭނަމަ އެމްޑީއެން އަދި އުތެމް ދިފާޢު ނުކުރާނެކަމަށް އިސްލާމީ މަރްކަޒުގެ އިމާމް ވިދާޅުވެއްޖެއެވެ.
މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމުގެ އިމާމް ޝައިޚު އިބްރާހީމް ރަޝީދު ޙަސަން މިހެން ވިދާޅުވެފައިވަނީ މިދިޔަ ހުކުރު ދުވަހު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައެވެ.
އެމްޑީއެން އާއި އުތެމަ ފަދަ ޖަމްޢިއްޔާތައް އުވާލުމަށް ގޮވާލައްވަމުން ޝައިޚު އިތުރަށް ވިދާޅުވެފައިވާ ގޮތުގައި އެމްޑީއެން އަދި އުތެމަ، މިދެބައިމީހުންގެ މިޞްރާބުވެސް ހުރީ އެއްދިމާލަކަށެވެ. ބޭރުފުށުން ޙައްޤުތަކެއް ހޯދުމުގެ ނަމުގައި އެތެރެފުށުން މަސައްކަތްކުރަނީ އިސްލާމްދީނާއި ދެކޮޅަށެވެ.
އުތެމަ އަދި އެމްޑީއެން އިން ނެރެފައިވާ ރިޕޯޓުތަކުގައި ދީނާއި ޚިލާފު ވާހަކަތަކެއްވާ ކަމަށް ގިނަ ރައްޔިތުންނާއި، ދީނީ ޢީލްމުވެރިން ވިދާޅުވަމުން ގެންދަވާއިރު، ފުލުހުންގެ ތަޙްޤީޤުންވަނީ އެމްޑީއެންގެ ރިޕޯޓުގައި މިފަދަ ވާހަކަތަކެއް އެކުލެވޭކަން ޘާބިތުވެފައެވެ. މިހެންކަމުން 19 ޑިސެމްބަރ 2019 ގައި، މަދަނީ ޖަމްޢިއްޔާތަކުގެ ޤާނޫނުގެ ދަށުން، ސަރުކާރުން މިޖަމްޢިއްޔާ އުވާލާފައިވާ ނަމަވެސް، އަދިއަދަށް ދާންދެންވެސް ވަނީ މިރިޕޯޓު ލިޔުމުގައި ބައިވެރިވެފައިވާ އެއްވެސް މީހަކަށްވަނީ މިކަމާއި ގުޅޭ ޙައްޤު އަދަބު ނުދެވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...