އިސްލާމްދީނަށް ފުރައްސާރަކޮށް ރިޕޯޓު ލިޔުނު އެމްޑީއެންގެ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުން އަވަސްކުރުމަށް ތުލުސްދޫ ކައުންސިލުން ގޮވާލައްވައިފިއެވެ.
ތުލުސްދޫ ކައިންސިލުގެ އިދާރާއިން ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައިވާ ގޮތުގައި 'ޕްރިލިމިނަރީ އެސެސްމަންޓު އޮފް ރޭޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް' ގެ ނަމުގައި ނެރެފައިވާ ރިޕޯޓުގައި އިސްލާމްދީނަށް ފުރައްސާރަކޮށްފައިވާ ކަން ފުލުހުންގެ ތަޙްޤީޤުން ޘާބިތުވެ، އަދި ރާއްޖޭގެ އެތައް ރައްޔިތުންނާއި ކައުންސިލްތަކަކުން އެކަމާއި އިދިކޮޅަށް ނިކުތުމެ އިޙްތިޖާޖު ކުރުމުން، އެޖަމްޢިއްޔާވަނީ 19 ޑިސެމްބަރ 2019 ވީ ދުވަހު އުވާލާފައިކަމަށާއި، އަދި އެޖަމްޢިއްޔާ އުވާލުމަށް ގޮވާލި ކައުންސިލެއްގެ ޙައިޘިއްޔަތުން އެކަމަށް އުފާކުރައްވާ ކަމަށެވެ.
މިބަޔާނުގައި އިތުރަށް ވިދާޅުވެފައިވާ ގޮތުގައި ހަމައެކަނި މަދަނީ ޖަމްޢިއްޔާތަގެ ދަފްތަރުން، އެޖަމްޢިއްޔާގެ ނަން އުނިކޮށްލުމުން ފުއްދާލުމަކީ ރައްޔިތުން ބޭނުންވާ ގޮތެއްނޫނެވެ. އަދި އެރިޕޯޓު ލިޔުމުގައި ޝާމިލުވި، އެމްޑީއެންގެ އެންމެހާ އިސްވެރިން އަދުލު އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭނެކަމަށް ކައުންސިލުން ޤަބޫލުކުރައްވާކަމަށްވެސް ވިދާޅުވެފައިވެއެވެ.
"އިސްލާމްދީނާއި މެދު ނަފްރަތްތެރި ކުރުވުމަށް ދޮގު މަޢުލޫމާތު ފެތުރި، އެރިޕޯޓު ލިޔުނު އެންމެހާ ފަރާތްތަކުން ލަސްނުކޮށް ޤާނޫނީ ފިޔަވަޅު އެޅުމަށް މާލެ އަތޮޅު ތުލުސްދޫ ރައްޔިތުންގެ ފަރާތުން (މި ކައުންސިލުން) ގޮވާލަމެވެ." ތުލުސްދޫ ކައުންސިލުން ނެރުއްވި ރިޕޯޓުގައި ގޮވާލައްވާފައިވެއެވެ.
ތުލުސްދޫ ކައުންސިލުން ފާހަގަ ކުރައްވާ ގޮތުގައި ޖަމްޢިއްޔާގެ ހަރަކާތްތައް ހުއްޓުވާލާ މަނާ ކުރިތާ 6 މަސް ދުވަސް ވާން ކައިރިވެފައި ވާއިރުވެސް އެރިޕޯޓު ލިޔުނު ފަރާތްތަކަށް ދަޢުވާ ކޮށްފައި ނެތުމަކީ ތުލުސްދޫ ރައްޔިތުން ނުހަނު ކަންބޮޑުވެ، ހަރުކަށި ޢިބާރާތުން ކުށްވެރި ކުރައްވާ ކަމެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...