ދަރުސް ޚަބަރު ހަޔާތުގެ ބައިވެރި އަކަށް ނުބައި މީހަކު އިޚްތިޔާރު ނުކުރޭ: ޝެއިޚް ޝަފީޢު

ހަޔާތުގެ ބައިވެރި އަކަށް ނުބައި މީހަކު އިޚްތިޔާރު ނުކުރޭ: ޝެއިޚް ޝަފީޢު

Hayaathuge Baiveri akah Nubai Myhaku Ikhthiyaru Nukurey: Sheikh Shafeeu

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހަޔާތުގެ ބައިވެރިއަކަށް ނުބައި މީހަކު އިޚްތިޔާރު ނުކުރުމަށް އައްޝެއިޚް ޝަފީޢު ޢަބްދުﷲ ވިދާޅުވެއްޖެއެވެ

ޝައިޚް ޝަފީޢު މިހެން ވިދާޅުވެފައި ވަނީ ރަބީޢުލްޤުލޫބި ފައުންޑޭޝަން އިން ކުރިއަށް ގެންދަވަމުންދާ ދަރުސް ސިލްސިލާ ކަމުގައިވާ ކަލިމައިގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިވީޑިއޯގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ޝައިޚް ވިދާޅުވީ ހަޔާތުގެ ބައިވެރިއަކަށް ނުބައި މީހަކު ރަނގަޅު ކުރުމުގެ ނިޔަތުގައި އިޚްތިޔާރު ކޮށްފިނަމަ އޭގެ ގެއްލުން އެއަންހެންމީހާ އަށާއި އޭނާގެ ދަރީންނަށް ކުރާނެއެވެ. އަދި ޒަވާޖީ ހަޔާތެއް ފެށުމަށް ފަހުގައި އަންހެންމީހާ ބިނާ ކުރާނީ އޭނާގެ ހަޔާތެއް ނޫންކަމާއި އޭނާގެ ދަރީންގެ ހަޔާތްކަމެވެ. އެހެންކަމުން ހަޔާތުގެ ބައިވެރިއަކަށް ހެޔޮލަފާ ސާލިހް ތަޤްވާވެރި މީހުން އިޚްތިޔާރު ކުރަން ޖެހެއެވެ.

އަދި އިތުރަށް ވިދާޅުވިއެވެ. ﷲ ސުބްހާނަހޫ ވަތަޢާލާ ޤުރްއާނުގައި ވަޙީ ކުރައްވާފައިވެއެވެ. ނުބައި އަންހެނުން ވަނީ ނުބައި ފިރިހެނުންނަށެވެ. އަދި ނުބައި ފިރިހެނުން ވަނީ ނުބައި އަންހެނުންނަށެވެ. ހެޔޮ އަންހެނުން ވަނީ ހެޔޮ ފިރިހެނުންނަށެވެ. ހެޔޮ ފިރިހެނުން ވަނީ ހެޔޮ އަންހެނުންނަށް ކަމަށެވެ.

އެހެންކަމުން ތިމާ އިޚްތިޔާރު ކުރާމީހަކީ ތިމާ ގޮވައިގެން ސުވަރުގެއަށް ދާނެ މީހަކަށް ވާން ޖެހޭނެ ކަމަށާއި ތިމާގެ ދަރިންނަށް ހެޔޮމަގު ދައްކާ، ތިމާއާއި ތިމާގެ ދަރީންގެ އަތުގައި ހިފައިގެން ސުވަރުގެއަށް ދާނެ ފަދަ ޤާބިލިއްޔަތުކަން ހުރި އަޚްލާޤީ އަދި ދުނިޔެވީ ގޮތުން ވެސް ރަނގަޅު ހަރުދަނާ މީހެއް ކަމުގައި ވާން ޖެހޭނެ ކަމަށެވެ.

ޝެއިޚްގެ ވާހަކަފުޅު ނިންމާލަމުން ނަސޭހަތްތެރިވެފައިވަނީ ނަމަނަމަ ރަނގަޅު ވެދާނެ ކަމަށް ބަލައި ގޯސް މީހަކު ތިމާގެ ހަޔާތުގެ ބައިވެރިއަކަށް ނުހެދުމަށެވެ.

ޓެގް

ދަރުސް ޚަބަރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.