ހެޔޮކަމުގެ ތިލަފަތް ބަރުކުރުމަށްޓަކައި ހޭދަކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް އައްޝައިޚް އަހުމަދު ނިޔާޒް ވިދާޅުވެއްޖެއެވެ.
އައްޝައިޚް ނިޔާޒް މިހެން ވިދާޅުވެފައި ވަނީ ރަބީޢުލްޤުލޫބި ފައުންޑޭޝަން އިން ކުރިއަށް ގެންދަވަމުންދާ ދަރުސް ސިލްސިލާ ކަމުގައިވާ ކަލިމައިގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިވީޑިއޯގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން ޝައިޚް ވިދާޅުވަނީ ރަސޫލާ މުހައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އަކީ ހޭދަ ކުރެއްވުމުގައި އެފަދަ އެހެން މިސާލެއް ނުވާފަދަ ބޭކަލެއް ކަމަށެވެ. އަދި އެކަލޭގެފާނު ސިފަކޮށްފައިވަނީ ވިލާގަނޑާއެކު އައިސް މީސްތަކުންގެ ތެރެއަށް ފެތުރިގެންދާ ފިނި ވައިރޮޅިއެއް ފަދައިންނެވެ. އެވައިރޯޅީގެ ސަބަބުން މީސްތަކުންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދެއެވެ.
އަޅުގަނޑުމެން ހޭދަކުރާ އެއްޗަކީ އަޅުގަނޑުމެންގެ އަތުން ބީވެގެން ދާނެ އެއްޗެއް ނޫންކަމަށާއި އަތުގައި އޮތް ކިތަންމެ ކުޑަކުޑަ އެއްޗަކުން ވެސް ޞަދަޤާތް ކުރެވިދާނެ ކަމަށް ޝެއިޚްގެ ވާހަކައިގައި ބަޔާން ކޮށްދެއްވާފައިވެއެވެ. އެގޮތުން ރަސޫލާ މުހައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ހަދީޘް ކުރައްވާފައި ވެއެވެ. އަޅާ އޭނާގެ މުދަލުން ސަދަޤާތް ކުރުމަކުން އެމުދާ އުނިވެގެން ނުދާ ހުއްޓެވެ
ވާހަކަފުޅު ނިންމާލައްވަމުން ޝެއިޚް ވިދާޅުވެފައިވަނީ ދުޢާ އަކީ އަޅުގަނޑުމެންނަށް ހޭދަ ކުރުމުގެ ހެޔޮ ތައުފީޤު ދެއްވުމާއެކު އަޅަމެންނަކީ މަލާއިކަތް ބޭކަލުންގެ ހެޔޮ ދުޢާ ލިބިގެންވާ ބައެއް ކަމުގައި ﷲ ސުބުހާނަހޫ ވަތަޢާލާ އަޅަމެން ލެއްވުމެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...