ރާއްޖޭގެ ޚަބަރު ފިޠުރު ޒަކާތުގެ ގޮތުގައި އޭދަފުށީގެ ކޮންމެ ފަޤީރަކަށް ގާތްގަނޑަކަށް 5000 ރުފިޔާ ލިބިއްޖެ

ފިޠުރު ޒަކާތުގެ ގޮތުގައި އޭދަފުށީގެ ކޮންމެ ފަޤީރަކަށް ގާތްގަނޑަކަށް 5000 ރުފިޔާ ލިބިއްޖެ

ފިޠުރު ޒަކާތުގެ ގޮތުގައި އޭދަފުށީގެ ކޮންމެ ފަޤީރަކަށް ގާތްގަނޑަކަށް 5000 ރުފިޔާ ލިބިއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފިޠުރު ޒަކާތުގެ ގޮތުގައި އޭދަފުށިގެ ކޮންމެ ފަޤީރަކަށް ގާތްގަނޑަކަށް 5000 ރުފިޔާ ލިބިއްޖެއެވެ.

އޭދަފުށީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މިއަހަރު އެރަށުން ފިޠުރު ޒަކާތަށް ލިބިފައިވަނީ 2557 ފަރާތަކުން 49486 ރުފިޔާއެވެ. މިފައިސާ އެރަށުގައި ރަޖިސްޓްރީ ކޮށްފައިވާ 10 ފަޤީރުންނަށް ބަހާލުމުން ކޮންމެ ފަރާތަކަށް 4948 ރުފިޔާ ލިބެއެވެ.މިގޮތުން މިރަށުގައި ޒަކާތް ޙައްޤުވާ ހުރިހާ ފަރާތްތަކަށް ރޭގެ ނިޔަލަށްވަނީ ހަވާލުކުރެވިފައެވެ.

ބ އޭދަފުށީގައި މިދިޔަ އަހަރު ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީ ކުރެވިފައިވަނީ 8 ފަރާތެކެވެ. އަދި މިދިޔަ އަހަރު އެއިން ކޮންމެ ފަރާތަކަށް 7303 ރުފިޔާ ޒަކާތުގެ ގޮތުގައި ލިބިފައިވެއެވެ.

ޓެގް

ދިއިސްލާމް ދީން ފިޠުރު ޒަކާތް ދިވެހިން

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.