ރާއްޖޭގެ ޚަބަރު އައިޔޫއެމް އިން ދަރިވަރުންގެ މިއަހަރުގެ ޓިއުޝަން ފީއިން ބައެއް މަޢާފުކޮށްދެއްވައިފި

އައިޔޫއެމް އިން ދަރިވަރުންގެ މިއަހަރުގެ ޓިއުޝަން ފީއިން ބައެއް މަޢާފުކޮށްދެއްވައިފި

އައިޔޫއެމް އިން ދަރިވަރުންގެ މިއަހަރުގެ ޓިއުޝަން ފީއިން ބައެއް މަޢާފުކޮށްދެއްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އައިޔޫއެމް އިން ދަރިވަރުންގެ މިއަހަރުގެ ފީއިން ބައެއް މަޢާފުކޮށްދެއްވައިފިއެވެ.
ދިވެހި ރާއްޖޭގެ އިސްލާމީ ޔުނިވާރސިޓީ (އައިޔޫއެމް) އިން ވިދާޅުވާ ގޮތުގައި މިއަހަރު ދަރިވަރުންގެ ޖުމްލަ ފީގެ 20% މަޢާފުކޮށްދިނުމަށް ޔުނިވާރސިޓީއިން މިހާރުވަނީ ނިންމަވާފައެވެ. މިގޮތަށް ޔުނިވާރސިޓިއިން ނިންމަވާފައިވަނީ މިހާރު ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ކޯވިޑް 19 ގެ ކާރިޘާގެ ސަބަބުން ދަރިވަރުންނަށް ކުރިމަތިވެފައިވާ މާލީ ދަތިކަމަށް އެހީތެރިކަމެއް ފޯރުކޮށްދެއްވުމުގެ ގޮތުންނެވެ.

ޔުނިވާރސިޓިއިން ނެރުއްވާފައިވާ އިއުލާނުގައިވާ ގޮތުން "މިދަތި ވަޤުތުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ޔުނިވާރސިޓީގައި ކިޔަވައިދޭ ހުރިހާ ކޯސްތަކެއްގެ 2020 ވަނަ އަހަރުގެ ޖުމްލަ ޓިއުޝަން ފީގެ 20% ދަރިވަރުންނަށް މަޢާފު ކޮށްދިނުމަށް އިސްލާމީ ޔުނިވާރސިޓީއިން ވަނީ ނިންމާފައެވެ."

ކޯވިޑް 19 އާއި ވިދިގެން މިދިޔަ ދެމަހުގެ ކިޔެވުން ބަންދުކުރެވިފައިވާތީ އެމަސްތަކުގެ ފީ ޔުނިވާރސިޓީއިން ދަރިވަރުންގެ އަތުން ނަންގަވާފައެއްނުވެއެވެ. މީގެ އިތުރުން ޔުނިވާރސިޓިއިން ވިދާޅުވާ ގޮތުގައި މިދިޔަ މަސްތަކުގައި ކިޔެވުން މެދުކަނޑާލެވިފައިވީ ނަމަވެސް މިމެއި މަހުގެ 29 ވަނަ ދުވަހު އޮންލައިންކޮށް ދަރިވަރުންނަށް ކިޔެވުން ފެށޭނެއެވެ.

ޓެގް

ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާރސިޓީ ދިއިސްލާމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.