މާލޭގައި 24ގަޑި އިރުގެ ފުރަބަންދު އިޢުލާނުކޮށްފިއެވެ. މާލޭގައި ފުރަބަންދު އިޢްލާނު ކޮށްފައި މިވަނީ މާލޭގައި ދިރިއުޅޭ ދިވެއްސެއް ކޮވިޑް-19އަށް ޕޮޒިޓިވް ވުމާއި ގުޅިގެނެވެ.
މާލޭގައި ދިރިއުޅޭ، ކޮވިޑް-19 އަށް ޕޮޒިޓިވްވި މިއަންހެން މީހާ ދިރިއުޅޭ ގެވެސް ވަނީ ކަރަންޓީނުކޮށްފައެވެ. އަދި އޭނާ ވަނީ މިހާރު އައިސޮލޭޝަން ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތް ކުރެވެމުން އަންނަކަމަށް އެޗްޕީއޭ އިންވަނީ ބުނެފައެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވި މިމީހާ އަކީ ޓްރެވަލް ހިސްޓްރީ އެއް ނެތް މީހެއްކަމަށްވެސް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އަދި ޕޮޒިޓިވްވި ބަލިމީހާއާއި ޑައިރެކްޓް ކޮންޓެކްވި މީހުން ގުޅައިގެން މަޢުލޫމާތު ޙިއްސާ ކުރެއްވުމަށް އެޗްޕީއޭއިން މިވަނީ އެދިފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...