ރާއްޖޭގެ ޚަބަރު މުޅި ދުނިޔެ މިވަނީ ﷲ ފޮނުއްވެވި ކުޑަކުޑަ މަޚްލޫޤަކާއި ހެދި ހުއްޓިފައި: ޝެއިޙް ޒައިދް

މުޅި ދުނިޔެ މިވަނީ ﷲ ފޮނުއްވެވި ކުޑަކުޑަ މަޚްލޫޤަކާއި ހެދި ހުއްޓިފައި: ޝެއިޙް ޒައިދް

Mulhi Dhuniye Mivanee Allah Fonuhvevi Kudakuda Makhloogaai Hedhi Huhtifai:Shiek Zaid

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މުޅި ދުނިޔެ މިވަނީ ﷲ ފޮނުއްވެވި ކުޑަކުޑަ މަޚްލޫޤަކާއި ހެދި ހުއްޓިފައިކަމަށް ޝެއިޙް އަލީ ޒައިދް ވިދާޅުވެއްޖެއެވެ.

ޝެއިޙް މިހެން ވިދާޅުވީ މިއަދު ކުރައްވާފައިވާ ޓްވީޓެއްގައެވެ. މިޓްވީޓް ފައްޓަވާފައިވަނީ އިނގިރޭސި ބަހުން އަޅުގަނޑުމެން އެންމެނެ ރައްކާތެރި ކުރައްވާށި މިހެން ލިޔުއްވުމަށް ފަހުއެވެ.

ޝެއިޙްގެ ޓްވީޓްގައި ދެން ލިޔުއްވާފައިވަނީ "ނިކަން ވިސްނަވާށެވެ. މީހުން މެރުމާއި، ވައްކަމާއި، ފާހިޝް ނައިޓް ކްލަބްތަކާއި، ޒިނޭއާއި، ޕަބް ތަކާއި މިހެންގޮސް ފާފައިން އިސްރާފް ކުރަމުން ދަނިކޮށް މުޅި ދުނިޔެ މިވަނީ ﷲތަޢާލާ ފޮނުއްވެވި ކުޑަކުޑަ މަޚްލޫޤަކާއި ހެދި ހުއްޓިފައެވެ".

ނިންމަވާ ލައްވާފައިވަނީ އެފަރާތަށް ރުޖޫޢަވާކަށް ނުވޭތޯއެވެ. މިހެންނެވެ.

ދުނިޔޭގައި ބާރު ދުވެއްޔެއްގައި ފެތުރެމުން އަންނަ ކޮވިޑް-19 އާއި ގުޅިގެން ދިވެހި ދީނީޢިލްމު ވެރިން ދަނީ ތަފާތު ގޮތްތަކަށް ތަފާތު މޭރުމުން ދިވެހި ރައްޔިތުންނަށް މިޙާލަތުގައި ﷲގެ މަގަށް އެނބުރި ރުޖޫޢަވުމަށް ގޮވާލައްވަމުންނެވެ.

ޓެގް

ދިއިސްލާމް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.