އައްޝައިޚް އަބްދުއްރަހީމް މަކާރިޘީ މާދަމާގެ ހުކުރު ނަމާދު އިސްލާމީ މަރުކަޒުގައި އިމާމްވެ ކުރަަަައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ޕީސް ފައުންޑޭޝަންގެ "ދަ ލެގަސީ" އިވެންޓުގައި ދަރުސްދެއްވުމަށް ޝައިޚް މަކާރިޘީ ރާއްޖެ ވަޑައިގެންނެވީ މިދިޔަ އަންގާރަދުވަހުއެވެ.
ޕީސް ފައުންޑޭޝަނުން ބުނި ގޮތުގައި ޝައިޚް މަކާރިޘީ އިމާމްވެ އިސްލާމީ މަރުކަޒުގައި ހުކުރުކުރެއްވުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީއިން ދެއްވާފައިވާ ކަމަށާއި މާދަމާ ޝައިޚް ޚުތުބާ ދެއްވާނީ "އެމްޕަވަރ ޔޫތް" މައުޟޫއަށެވެ.
"ދަ ލެގަސީ" އިވެންޓުގައި ޝައިޚް މަކާރިޘީ ދެއްވާ ދަރުސް އޮންނާނީ ހުކުރު ދުވަހުގެރޭ އަމީނިއްޔާ ސްކޫލް ގޯތިތެރޭ ހުސް ބިމުގައެވެ. މިދަރުސް ފެށުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 08:30 ގައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...