ރާއްޖޭގެ ޚަބަރު ޢުމްރާއަށް މީހުން ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމަށް ހުޅުވާލައިފި

ޢުމްރާއަށް މީހުން ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމަށް ހުޅުވާލައިފި

ޢުމްރާއަށް މީހުން ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމަށް ހުޅުވާލައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ކުރިއަށް އޮތް 2 އަހަރު ދުވަހުގެތެރޭގައި ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދި ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ހުޅުވާލައިފިއެވެ.

އެމިނިސްޓްރީއިން ކޮށްފައިވާ އިޢުލާނުގައި ބުނެފައިވަނީ ޢުމްރާއަށް މީހުން ގެންދިޔުމަށް ޕްރޮޕޯޒަލް ހުށަހެޅޭނީ "ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލު" ގެ 5 ވަނަ މާއްދާގައި ބުނެފައިވާ ޝަރުޠު ފުރިހަމަވާ ކުންފުނިތަކަށެވެ.

ޢުމްރާއަށް މީހުން ގެންދިޔުމުގެ އުސޫލުގައި ބުނެފައިވަނީ ޕްރޮޕޯޒަލް ހުށަހަޅާ ކުންފުނި ތަކަކީ 100 އިންސައްތަ ދިވެހިން ހިއްސާވާ އަދި އެކުންފުނީގެ މަޤްޞަދުގެ ތެރޭގައި ޢުމްރާއަށް މީހުން ގެންދިޔުން ހިމެނޭ ކުންފުނިތަކަށް ވާން ޖެހޭނެ ކަމަށެވެ. އަދި އެފަދަ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ތެރޭގައި ޖިނާއީ ކުށެއް ސާބިތުވެފައިވާ ނުވަތަ ފައިސާ އާއި ޚިޔާނާތުގެ މައްސަލައެއް ތުހުމަތު ކުރެވި އެފަދަ މައްސަލައެއް ކޯޓުގައި ހިނގަމުންދާ މީހަކު ހުރެގެން ނުވާނެ ކަމަށް އުޞޫލުގައި ބުނެފައިވެއެވެ. މީގެ އިތުރުން ޢުމްރާއަށްދާ ފަރާތްތަކަށް ޚިދުމަތް ދިނުމަށް އެއުސޫލުގައި ބުނާ މިންގަނޑަށް ފެތޭ ކުންފުނީގެ އޮފީހެއް މާލޭ ސިޓީގައި ހުންނަންވާނެ ކަމަށްވެސް އުސޫލުގައި ބުނެފައިވެއެވެ.

އިސްލާމިކް މިނިސްޓްރީއިން ބުނީ ޕްރޮޕޯޒަލްފޮތް 27 ޖަނަވަރީ 2019 ވާ އާދިއްތަ ދުވަހުން ފެށިގެން 30 ޖަނަވަރީ 2019 ވާ ބުދަ ދުވަހާ ހަމައަށް އަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 12:00 އަށް އެމިނިސްޓްރީގެ ކައުންޓަރުން ގަންނަން ލިބެން ހުންނާނެ ކަމަށާއި ޕްރޮޕޯސަލް ފޮތުގެ އަގަކީ -/5,000 (ފަސްހާސް) ރުފިޔާ ކަމަށެވެ. އަދި މަޢުލޫމާތު ދިނުމަށް ބާއްވާ ޕްރީ-ބިޑް މީޓިންގ 31 ޖަނަވަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޖަލްސާކުރާ މާލަމުގައި އޮންނައިރު ޕްރޮޕޯޒަލްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 05 ފެބްރުއަރީ 2019 ވާ އަންގާރަ ދުވަހު ހެނދުނު 10:00 ޖަހާއިރު ކަމަށް އެފަރާތުން ބުނެއެވެ.

ޢުމްރާއަށް މީހުން ގެންދިޔުމަށް ކުންފުނިތަކަށް ދީފައިވާ ހުއްދަ މިމަހުގެ 31 ގެ ނިޔަލަށް ހަމަވާނެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.