އަލް ޢަޞްރުގެ "ކޫލްނަސް އޮފް ދަ އައިސް" ނަމާދު ވޯރކްޝޮޕް އދ ދަނގެތީގައި ފަށައިފިއެވެ.
ދަނގެތި ޖަމިއްޔަތުލް ޤަލަމާއި ގުޅިގެން ކުރިއަށް ގެންދާ މިވޯރކްޝޮޕް މިއަދު ހެނދުނު ދަނގެތީ ސްކޫލް ހޯލުގައި ފެށިގެން ކުރިއަށްދާއިރު މިވޯރކްޝޮޕްގައި 70 އަށްވުރެ ގިނަ ބައިވެރިން ބައިވެރިފައިވާ ކަމަށް އިންތިޒާމް ކުރާ ފަރާތުން ބުނެއެވެ.
ނަމާދުގެ މުހިއްމުކަމާއި ނަމާދުކުރާނެ ޞައްހަގޮތް ބަޔާންކޮށްދީ ނަމާދުން ލިބިދޭ ފައިދާތައް އުނގަންނައި ދިނުމަށް ކުރިއަށްގެންދާ ވޯރކްޝޮޕްގައި ކިޔަވައިދެއްވަނީ އައްޝައިޚް އަބްދުﷲ މިފްޒާލްއެވެ.
މިވޯރކްޝޮޕް މާދަމާގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...