ރާއްޖޭގެ ޚަބަރު ބައު މުޞްހަފްތައް ނައްތާލުމުގެ ހަރަކާތަށް ބޮޑު ތަރުހީބެއް

ބައު މުޞްހަފްތައް ނައްތާލުމުގެ ހަރަކާތަށް ބޮޑު ތަރުހީބެއް

ބައު މުޞްހަފްތައް ނައްތާލުމުގެ ހަރަކާތަށް ބޮޑު ތަރުހީބެއް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ބައު މުޞްހަފްތައް ނައްތާލުމަށް ފެށި ހަރަކާތަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށް އެމިނިސްޓްރީއިން ހާމަކޮށްފިއެވެ.

އެގޮތުން އިއްޔެ 12 ހާހަށްވުރެ ގިނަ ބައު އަދި ހަލާކުވެފައިވާ މުޞްހަފް ނައްތާލުމަށްޓަކައި އިސްލާމިކް މިނިސްޓްރީން ބަލައިގެންފައިވެއެވެ.  ބައު އަދި ހަލާކުވެފައިވާ މުޞްހަފްތައް ބަލައިގަތުން ކުރިއަށް ގެންގޮސްފައިވަނީ އިއްޔެ ހެނދުނު 9 އިން 12 އަށް އަދި މެންދުރު 1 އިން މެންދުރުފަހު 3 އަށް އިސްލާމީ މަރުކަޒުގައެވެ.

މިހަރަކާތް ކުރިއަށްދިޔައިރު ނައިބް ރައީސް ފައިސަލް ނަސީމްވަނީ ހަރަކާތް ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ.

އިސްލާމިކް އެފެއަރޒްއިން ބުނި ގޮތުގައި މި މުޞްޙަފްތައް ނާތާލުމަށް ހަމަޖެހިފައިވަނީ އެމްއެންޑީއެފާ ގުޅިގެން މުޞްޙަފް ނައްތާލުމުގެ ޝަރުޢީ މިންގަނޑަށް ފެތޭގޮތަށް ދީނީ ޢިލްމުވެރިންގެ ބެލުމުގެ ދަށުންނެވެ.

މިހަރަކާތާއި ގުޅޭގޮތުން އިސްލާމިކް އެފެއަރޒް މިނިސްޓަރ ޑރ އަހުމަދު ޒާހިރު ވިދާޅުވީ މިހަރަކާތް ކުރިއަށް އޮތްތަނުގައި އަތޮޅުތެރޭގައިވެސް ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައެވެ.

މިއީ ބައުވެ ހަލާކުވެފައިވާ މުޞްހަފްތައް ރައްކާތެރިގޮތުގައި ނައްތާލުމަށް ބާރުއެޅުމުގެ ގޮތުން ހިންގާ ހަރަކާތެއް ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.