އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން މިއަހަރުގެ ދެވަނަ ސެމިސްޓަރގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
ޖޫންމަހު އައިޔޫއެމްއިން ސެޓްފިކެޓް ލެވްލެ 1 ގެ ކޯސްތަކުން ފެށިގެން މާސްޓާރސްއާއި ހަމައަށް ޖުމްލަ 53 ކޯހަކަށް ކުރިމަތިލުމުގެ ފުރުޞަތުވަނީ ހުޅުވާލާފައެވެ.
ކޯސްތަކަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަުން ފޯމް ހުށަހެޅުމުގެ އެންމެފަހު ތާރީޚަކީ ޖޫންމަހުގެ 14 ވަނަ ދުވަހެވެ.
ކޯހަށް އެދޭ ފޯމާއި ފުރުޞަތު ހުޅުވާލާފައިވާ ކޯސްތަކުގެ މައުލޫމާތު އެޔުނިވަރސިޓީގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށް އެފަރާތުން ހާމަކުރެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...