ރާއްޖޭގެ ޚަބަރު އަޒްހަރުގެ 22 ސްކޮލަރޝިޕަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

އަޒްހަރުގެ 22 ސްކޮލަރޝިޕަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

އަޒްހަރުގެ 22 ސްކޮލަރޝިޕަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިޞްރުގެ އަޒްހަރު ޔުނިވަރސިޓީއިން ރާއްޖެއަށްދޭ 22 ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުޞަތު  ޑިޕާރޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަން (ޑީއެޗްއީ) އިން ފުރުސަތު ހުޅުވާލައިފި އެވެ.

މިކަމާއި ގުޅެގޮތުން އެޑިޕާޓްމަންޓުން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ އަޒްހަރު ޔުނިވާސިޓީން ހުރިހާ ހަރަދުތަކެއް ހަމަޖައްސައިދޭ ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށާއި މިކަމަށް އެދި ފޯމް ލުމުގެ މުއްދަތު މިމަހުގެ  13 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

ޑޮކްޓަރުކަމާއި އިންޖިނިއަރުކަން ފަދަ ދާއިރާތައް ހިމެނޭގޮތަށް ހުޅުވާލާފައިވާ މިސްކޮލަރޝިޕްގެ 10 ޖާގަ ޙާއްސަކޮށްފައިވަނީ ޝަރުއީ ދާއިރާ އަށެވެ.

މިސްކޮލަރޝިޕްތަކުން ޑިގްރީ ފެންވަރަށް ކިޔަވަން ބޭނުންވާ ފަރާތްތަކަކީ މިއަހަރުގެ ސެޕްޓެމްބަރ މަހަށް 25 އަހަރު ނުފުރޭ، ޝަހާދާ ޘާނަވިއްޔާއިން ފާސްވެފައިވާ މީހަކަށް ވާންޖެހެއެވެ.

އަޒްހަރު ޔުނިވަރސިޓީގެ ސްކޮލަރޝިޕްގައި ގިނަ އަދަދެއްގެ ދިވެހިން ތައުލީމް ހާޞިލްކޮށްފައިވާއިރު އެ ޔުނިވަރސިޓީއިން ރާއްޖެއަށް ސްކޮލަރޝިޕްގެ ފުރުޞަތުތައް ދެމުން އަންނަތާ 38 އަހަރަށްވުރެ ގިނަ ވެއްޖެއެވެ.

 

 

 

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.