ރާއްޖޭގެ ޚަބަރު ނޫރުލް މުބީން ޤުރުއާން މުބާރާތުގައި ރާއްޖެ ތަމްސީލްކުރާނެ ފަރާތެއް ހޮވައިފި

ނޫރުލް މުބީން ޤުރުއާން މުބާރާތުގައި ރާއްޖެ ތަމްސީލްކުރާނެ ފަރާތެއް ހޮވައިފި

ނޫރުލް މުބީން ޤުރުއާން މުބާރާތުގައި ރާއްޖެ ތަމްސީލްކުރާނެ ފަރާތެއް ހޮވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރައީސުލްޖުމްހޫރިއްޔާގެ ދައުވަތަށް ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަޤްވާމީ ޤުރުއާން މުބާރާތުގައި ރާއްޖެ ތަމްސީލްކުރާނެ ބައިވެރިޔަކު ހޮވައިފިއެވެ.

އެގޮތުން މިމުބާރާތުގައި ރާއްޖެ ތަމްސީލްކުރާނީ މ. ވޭވަށް، ފެހިފާރުދާގެ އަޝްރަގް ނާޒިރު އެވެ.

ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ބުނި ގޮތުގައި ނޫރުލް މުބީން ތަސްފިޔާގައި ބައިވެރިވުމަށް ހުޅުވާލި ފުރުޞަތުގައި 33 ފަރާތަކުން ފޯމް ހުށަހެޅި ނަމަވެސް ތަސްފިޔާއަށް ޙާޟިރުވެފައިވަނީ 8 ފަރާތަކުން ކަމަށެވެ. އަދި އަޝްރަގް ނާޒިރަކީ ތަސްފިޔާގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބުނު ފަރާތްކަމަށް އެމަރުކަޒުން ބުނެއެވެ.

އަޝްރަގްއަކީ އައިޔޫއެމްގައި ބެޗްލާސް އޮފް ޓީޗިން ޤުރުއާން ކިޔަވަމުންދާ ފަރާތެކެވެ.

އަންނަ މަހުގެ 11 އިން 17 އަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި މިމުބާރާތުގައި ރާއްޖެ ހިމެނޭހެން 11 ޤައުމަކުން ބައިވެރިވާއިރު އޭގެތެރޭގައި އިންޑޮނޭޝިއާއި ސްރީލަންކާއާއި ޔޫއޭއީއާއި ތުރުކީވިލާތާއި މިސްރާއި ޕާކިސްތާނާއި މެލޭޝިއާ އާއި ސަޢުދީއަރަބިއްޔާއާއި ސޫދާނާއި ބަންގްލަދޭޝް ހިމެނެއެވެ. މި މުބާރާތުގައި ކޮންމެ ޤައުމަކުންވެސް ބައިވެރިވާނީ އެންމެ ބައިވެރިއެކެވެ.

މިމުބާރާތުގެ އެއް ވަނައަށް ދާ ފަރާތަކަށް ހުށަހަޅާފައި ވަނީ 30،000 ޑޮލަރެވެ. ދެވަނަ އަށް 15000 ޑޮލަރު އަދި ތިން ވަނަ އަށް 5000 ޑޮލަރު ހުށަހަޅައިފައިވާ އިރު، މުބާރާތުގައި ރައީސްގެ ހާއްސަ އިނާމެއް ވެސް ދިނުމަށް ވަނީ ނިންމައިފަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.