މުސްލިމް ނޫން މީހުންނަށް ދިވެހި ރައްޔިތުކަން ލިބޭ ގޮތަށް ޤާނޫނު އަސާސީ އިސްލާހުކުރުމަށް އީޔޫއިން ހުށަހެޅި ހުށަހެޅުމާ ދެކޮޅަށް ހުރިހާ ދިވެހިން ތެދުވަންޖެހޭ ކަމަށް އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް އައްޝައިޚް އިލްޔާސް ހުސައިން ވިދާޅުވެއްޖެ އެވެ.
އީޔޫގެ އިލެކްޓޯރަލް ފޮލޯއަޕް މިޝަނުން މިދިޔަ ޖެނުއަރީ މަހު ރާއްޖެ އަށް ކުރި ދަތުރަށް ފަހު އާންމުކުރި ރިޕޯޓުގައި ވަނީ މުސްލިމް ނޫން މީހުންނަށް ވެސް ދިވެހި ރައްޔިތުކަން ލިބޭ ގޮތަށް ހެދުމަށާއި އިސްލާމްދީނުގެ ސުންނަތް ޖަމާއަތުގެ މީހަކަށް ނުވިޔަސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރެވޭ ގޮތަށް ޤާނޫނު އަސާސީ އިސްލާހުކުރުމަށް ލަފާދީފައެވެ.
މިކަމާއި ގުޅިގެން ޝައިޚް އިލްޔާސް މިއަދު ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ އިސްލާމްދީން ނޫން އެހެން ދީނަކަށް ޖާގަ ލިބޭ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރަން އެއްވެސް ބަޔަކަށް ލަފާ ނުދެވޭނެ ކަމަށާއި އެކަމާ ދެކޮޅަށް ކޮންމެ ދިވެހި ދަރިއަކު ވެސް އަޑު އުފުލަން ޖެހޭނެ ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...