ސައުދީ އަރަބިޔާގެ މަދީނާ އިސްލާމިކް ޔުނިވަރސިޓީގެ ރެކްޓަރ ޑރ ހާތިމް އަލް މަރްޒޫޤް މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފިއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ޑރ ހާތިމްއަށް މަރުޙަބާ ދެންނެވީ ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް) ގެ ޗާންސެލަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދާއި ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީގެ ޑެޕިއުޓީ އެމްބެސެޑަރ މެތްރިކް އަބްދުﷲ އަލްދޯސަރީ އެވެ.
ޑރ ހާތިމްގެ މިދަތުރުފުޅާއި ގުޅޭގޮތުން މީގެކުރިން ޑރ ޝަހީމް ހާމަކުރައްވާފައިވާ ގޮތުގައި މިދަތުރުފުޅުގައި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އާއި މަދީނާ އިސްލާމިކް ޔުނިވަރސިޓީއާއި ދެމެދު އެއްބާރުލުން ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރާގޮތަށްވަނީ ހަމަޖެހިފައި ކަމަށާއި އެ އެއްބަސްވުން ވެގެންދާނީ އަރަބި އިސްލާމީ ދުނިޔޭގެ އެންމެ މަޝްހޫރު އެއް ޔުނިވާސިޓީއާއެކު ރާއްޖޭގެ ޔުނިވާސިޓީއަކުން ޤާއިމްކުރާ ފުރަތަމަ އެއްބަސްވުމަށް ކަމަށެވެ.
ޑރ ހާތިމްގެ މިދަތުރުފުޅުގައި މަދީނާ އިސްލާމިކް ޔުނިވަރސިޓީއިން ގުރެޖުއޭޓްވެފައިވާ ދިވެހި ދަރިވަރުންނާއިވެސް ބައްދަލުކުރާގޮތަށްވަނީ ހަމަޖެހިފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...