ރާއްޖޭގެ ޚަބަރު ކާމިޔާބު ކަމާއެކު ޢީދު ސްމައިލް ނިންމާލައިފި

ކާމިޔާބު ކަމާއެކު ޢީދު ސްމައިލް ނިންމާލައިފި

ކާމިޔާބު ކަމާއެކު ޢީދު ސްމައިލް ނިންމާލައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ހުޅުމާލޭ އަލް ހިޖްރަގެ ފަރާތުން މިއަހަރުގެ އަޟްހާ ޢީދު ފާހަގަ ކުރުމަށް ބޭއްވި "ޢީދު ސްމައިލް 1438" ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

މިމަހުގެ ދެވަނަ ދުވަހު ކުރިން ބާއްވަން ހަމަޖެއްސި މިހަރަކާތް މޫސުން ގޯސްވުމުގެ ސަބަބުން ލަސްކުރުމަށްފަހު ބާއްވާފައިވަނީ އިއްޔެއެވެ.

މިހަރަކާތާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އަލް ހިޖްރަގެ ރައީސް ހާމިދު ސަލީމް ވިދާޅުވީ އިއްޔެ ބޭއްވުނު ޢީދު ސްމައިލް ހަރަކާތަކީ ކާމިޔާބު ހަރަކާތެއް ކަމަށާއި ގިނަ އަދަދެއްގެ ބަޔަކު ކުޑަކުދިންނާއި ބޮޑެތި މީހުން އިއްޔެގެ ހަރަކާތުގައި ބައިވެރިވެފައިވާ ކަމަށެވެ.

އިއްޔެ ހަވީރު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދިޔަ މިހަރަކާތުގައި ކުޑަކުދިންނަށް ތަފާތު ކުޅިވަރުތައް ކުޅެވޭނެ ގިނަ ސްޓޯލްތަކެއްވަނީ ތައްޔާރުކޮށްފައެވެ. އެގޮތުން ފޭސް ޕެއިންޓިން، ފަސްއޮށް ކުޅުން، އޮށްވަޅު ގޮނޑި ކުޅުން، ސްކޭޓް ކުރަން ދަސްކޮށްދިނުން، އަތްދޮވުން، ފޮޓޯ ފްރޭމް، ރިމޯޓް ކާރު ދުއްވުން، ޑަސްބިނަށް ދަޅު އުކުން ފަދަ ގިނަ ހަރަކާތްތަކެއް ކުރިއަށް ދިޔައިރު ސްޓޭޖް ހަރަކާތްތަކުގެ ގޮތުގައި މަދަހަ ކިޔުން، ވާހަކަ ކިޔައިދިނުން ފަދަ ގިނަ ހަރަކާތްތަކެއްވެސް ކުރިއަށް ދިޔައެވެ. އަދި ބަމްޕަރއާއި ޓްރެމްޕޮލިންގެ ހަރަކާތްތައްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ހާމިދު ފާހަގަކުރި ގޮތުގައި މިހަރަކާތް ކުރިއަށް ގެންދިޔުމަށްވަނީ ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަން ލިބިފައެވެ. އެގޮތުން ހޯސްޓިންގ ޕާޓްނަރ އެޗްޑީސީއާއި އިވެންޓުގެ މެއިން ސްޕޮންސަރ ތިލަފުށި ކޯޕަރޭޝަން، ކޯސްޕޮންސަރ އެންޒީއާއި އެލިއާގެ އިތުރުން އެހެންވެސް ގިނަ ފަރާތްތަކުން ދީލަތި އެހީތެރިކަން ފޯރުކޮށްދީފައިވާތީ އެފަރާތްތަކަށްވަނީ ޝުކުރު އަދާކޮށްފައެވެ. އަދި މިހަރަކާތުގައި ވޮލަންޓިއަރުންގެ ގޮތުގައި ހަރަކާތްތެރިވި ފަރާތްތަކަށްވެސް ހިޖްރަގެ ފަރާތުންވަނީ ޝުކުރު އަދާކޮށްފައެވެ.

އަލްހިޖްރައާއި އެޗްޑީސީ ގުޅިގެން ހުޅުމާލޭގައި ޢީދު ފާހަގަ ކުރުމަށް ޢީދު ސްމައިލްގެ އިތުރުން މައިދާނުގައި ޢީދު ނަމާދު ކުރުމާއި އުޟްހިޔާ ކަތިލުމުގެ ހަރަކާތެއްވަނީ ކުރިއަށް ގެންގޮސްފައެވެ.

އަލް ހިޖްރަގެ ފަރާތުން ޢީދު ސްމައިލް ނަމުގައި މިހަރަކާތް ކުރިއަށްގެންދިޔަ މިއީ ދެވަނަ ފަހަރެވެ. މިފަހަރުގެ އިވެންޓުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ދިއިސްލާމްއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.