ރާއްޖޭގެ ޚަބަރު މަތިވެރީގައި ޢީދު ފާހަގަކުރުން ހައްދުފަހަނަ އަޅާފައިވާތީ މަދަދު ޖަމިއްޔާއިން އެކަން ކުށްވެރިކޮށްފި

މަތިވެރީގައި ޢީދު ފާހަގަކުރުން ހައްދުފަހަނަ އަޅާފައިވާތީ މަދަދު ޖަމިއްޔާއިން އެކަން ކުށްވެރިކޮށްފި

މަތިވެރީގައި ޢީދު ފާހަގަކުރުން ހައްދުފަހަނަ އަޅާފައިވާތީ މަދަދު ޖަމިއްޔާއިން އެކަން ކުށްވެރިކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އއ މަތިވެރީގައި ބަރަކާތްތެރި އަޟްހާ އީދު ފާހަގަކުރުމުގައި އިސްލާމްދީން ކަނޑައަޅާފައިވާ މިންގަނޑުތައް ފަހަނަ އަޅައި ގޮސްފައިވާތީ އެކަން ކުށްވެރިކޮށް އެރަށުގެ ޖަމިއްޔަތުލް މަދަދުއިން ބަޔާނެއް ނެރެފިއެވެ.

އެޖަމިއްޔާއިން މިކަން ކުށްވެރިކޮށް އިއްޔެ ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ މާތްﷲ ހުރުމަތްތެރި ކުރެއްވި މި މާތް ދުވަސް ތަކުގައި އެކަލާނގެއަށް ޝުކުރުވެރިވެ ދީނުގެ ހުދޫދުގެ ތެރޭގައި ޢީދު ފާހަގަ ކުރުމުގެ ބަދަލުގައި، މި މާތް ދީނުގެ މަތިވެރި ޝިޢާރުތައް ކަމަށްވާ ނިޤާބާއި، ދީނުގައި ޙަރާމް ކުރައްވާފައިވާ ފާލުބެލުން ފަދަ ކަންކަން ކުޅިވަރެއް ކަމުގައި ހަދައި، މިއުޒިކުގެ އާލާތްތަކުން މި މާތް ދުވަސްތަކުގެ ޙުރުމަތް ކަނޑަމުންދާ ދިއުން މި އެޖަމްޢިއްޔާ އިން ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

ފާލު ބެލުމުގެ ނަމުގައި މަތިވެރީގައި ކުރިއަށްދިޔަ ހަރަކާތެއްގެ ތެރެއިން / ފޮޓޯ ،މަތިވެރި ފޭސްބުކް ޕޭޖް

އަދި މިފަދަކަންކަން އިންތިޒާމުކޮށް ހިންގާ ފަރާތްތަކާއި މިކަންކަމަށް ހިތްވަރުދީ ބައިވެރިވާ އެންމެހައި ފަރާތްތަކުން މިހާރުން މިހާރަށް މިކަންކަން ހުއްޓާލާ، މާތްﷲ އަށް ބިރުވެތިވެ، އެކަލާނގެ މަގަށް ރުޖޫޢަ ވުމަށް ނަޞޭޙަތްތެރިވާ ކަމަށް މިބަޔާނުގައި ބުނެފައިވެއެވެ. އަދި އެފަދަ ކަންކަން ރާވާ ހިންގުމުގައި އެޖަމިއްޔާގެ އެއްވެސް ދައުރެއް ނުއޮންނާނެ ކަމުގެ ޔަޤީންކަން މިބަޔާނުގައި ދީފައިވެއެވެ.

މަތިވެރީގެ އިތުރުން ރާއްޖޭގެ އެހެންވެސް ރަށްތަކުގައި ޢީދު ފާހަގަ ކުރުމުގެ ނަމުގައި ދެޖިންސް މަސްހުނިވެ ނާޗަރަންގީ ކުޅުމުގެ ހަރަކާތްތައް ދަނީ ހިންގަމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.