ރާއްޖޭގެ ޚަބަރު ރާއްޖެއިން ހައްޖަށްދާ މީހުންގެ ފުރަތަމަ ގްރޫޕް ފުރައިފި

ރާއްޖެއިން ހައްޖަށްދާ މީހުންގެ ފުރަތަމަ ގްރޫޕް ފުރައިފި

ރާއްޖެއިން ހައްޖަށްދާ މީހުންގެ ފުރަތަމަ ގްރޫޕް ފުރައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

1438 ވަނަ އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިންދާ މީހުންގެ ފުރަތަމަ ގްރޫޕް މިއަދު ފުރައިފިއެވެ.

މިއަދު ހެނދުނު ރާއްޖެއިން ހައްޖަށް ފުރާފައިވަނީ ޒައީ ޖަމާއަތުގެ ހަވާލުގައި މިއަހަރު ހައްޖަށްދާ 95 މީހުންނެވެ. އަދި މިއަދުފުރި ހައްޖުވެރިންނާއި އިސްލާމިކް މިނިސްޓަރ ޑރ އަހުމަދު ޒިޔާދުވަނީ ބައްދަލުކުރައްވާފައެވެ.

ހައްޖު ކޯޓާގެ ގޮތުގައި ސައުދީން ރާއްޖެއަށް 1000 ކޯޓާ ދީފައިވާއިރު، މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުންވަނީ ހަތަރު ފަރާތަކުން ރާއްޖެއިން ހައްޖަށް މީހުން ގެންދިޔުމަށް ހުއްދަ ދީފައެވެ. އެއީ ހައްޖު ކޯޕަރޭޝަންގެ އިތުރުން، ޒަޢީ ގުރޫޕާއި، އަލް ޙަރަމައިންގެ އިތުރުން ސިސިލްފަރު ޙައްޖު ގުރޫޕެވެ.

މިއަހަރު ރާއްޖެއިން އަމީރުލް ހައްޖުގެ ގޮތުގައި ވަޑައިގަންނަވާނީ އިކޮނަމިކް މިނިސްޓަރ މުޙައްމަދު ސަޢީދުއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.