އަލް ހިޖްރަގެ ފަރާތުން އަޟްހާ ޢީދު ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ "ޢީދު ސްމައިލްސް" ހަރަކާތުގައި ވޮލަންޓިއަރ ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލައިފިއެވެ.
މިކަމާއި ގުޅޭގޮތުން ދިއިސްލާމަށް މައުލޫމާތު ދެއްވަމުން ހިޖްރަގެ ރައީސް ހާމިދު ސަލީމް ވިދާޅުވީ މިއަހަރުވެސް ހިޖްރަގެ ފަރާތުން ހުޅުމާލޭގައި އަޟްހާ އީދު ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ހަރަކާތުގައި ވޮލަންޓިއަރކޮށް މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.
ވޮލަންޓިއަރ ކުރުމަށް ބޭނުންވާ ފިރިހެން ބޭފުޅުން 7902828 ނަންބަރު ފޯނަށް މެސެޖް ކުރެއްވުމުން އަދި އަންހެން ބޭފުޅުން 7729670 ނަންބަރު ފޯނަށް ވައިބަރ / މެސެޖްކުރެއްވުމުން ވޮލަންޓިއަރުންގެ ގޮތުގައި ހަމަޖެހިގެންދާނެ ކަމަށް ހިޖްރައިން ހާމަކުރެއެވެ.
މިއީ ހިޖްރަގެ ފަރާތުން އީދު ސްމްއިލްސް ކުރިއަށް ގެންދާ ދެވަނަ ފަހަރެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...