ރާއްޖޭގެ ޚަބަރު ޖަމިއްޔަތުއް ސަލަފްގެ ހިޖްރަ ކޭމްޕް ބާއްވައިފި

ޖަމިއްޔަތުއް ސަލަފްގެ ހިޖްރަ ކޭމްޕް ބާއްވައިފި

ޖަމިއްޔަތުއް ސަލަފްގެ ހިޖްރަ ކޭމްޕް ބާއްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޒުވާނުންނަށް ހާއްސަކޮށްގެން ޖަމިއްޔަތުއް ސަލަފްއިން ކުރިއަށްގެންދާ ހިޖުރަ ކޭމްޕްގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެޖަމިއްޔާގެ މީޑިއާ ކޯޑިނޭޓަރ އަލީ ރަމީޒް ވިދާޅުވީ މިމަހުގެ 26 ން 28 އަށް އެޖަމިއްޔާގެ ފަރާތުން ށ ކުރެއްދޫގައި ހިޖްރަ ކޭމްޕް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި މިކޭމްޕްގައި އެއަތޮޅުން 50 ވަރަކަށް ޒުވާނުން ބައިވެރިވެފައިވާ ކަމަށެވެ.

ޒުވާނުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް އިސްލާމީ އަޚްވަންތަކަމާއި އެކުވެރިކަމުގެ ރޫޙް އާލާ ކުރުމުގެ މަޤްޞަދުގައި ކުރިއަށް ގެންދިޔަ މިކޭމްޕްގައި އެޖަމިއްޔާގެ ޢިލްމުވެރިންގެ މަޖްލިސްގެ ރައީސް އައްޝައިޚް އަހުމަދު ސަމީރު ބިން އިބްރާހިމް އާއި އައްޝައިޚް މުޖުތަބާ ހަމީދުވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

އަލީ ރަމީޒު އިތުރަށް ވިދާޅުވީ ގިނަ ރަށްތަކަކުން އެދެމުންދާތީވެ ހިޖްރަ ކޭމްޕުގެ ހަރަކާތްތަކެއް މިއަހަރުގެ ކުރިއަށް އޮތްތަނުގައިވެސް ބޭއްވުމުގެ އިންތިޒާމްތައް ހަމަޖައްސަމުންދާ ކަމަށެވެ.

ޖަމިއްޔަތުން ސަލަފްއިން އެންމެ ފުރަތަމަ ހިޖްރަ ކޭމްޕް ބާއްވާފައިވަނީ 2010 ވަނަ އަހަރު ވ، ތިނަދޫގައެވެ. އެއިގެ ފަހުން ގިނަ އަތޮޅުތަކެއްގައި އެކޭމްޕްވަނީ ކުރިއަށް ގެންގޮސްފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.