އިދިކޮޅު ފަރާތްތަކުން މިއަދު އެމްޑީޕީގެ ހަރުގެ ސަރަހައްދު ގައި ބޭއްވި ހަރަކާތުގެ ތެރެއިން އަދާލަތު ޕާޓީގެ ނައިބް ރައީސް އަލްއުސްތާޛު އަލީ ޒާހިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އަލީ ޒާހިރު ހައްޔަރުކޮށްފައިވަނީ އެތަނުގައި ތިބި މީހުންނާއި މުޚާތަބުކޮށް ވާހަކަދައްކާ ނިންމާލިތާ އިރުކޮޅެއް ފަހުންނެވެ.
އަލީ ޒާހިރު ހައްޔަރުކުރުމުގެ ކުރިން ރައްޔިތުން މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްވެސް ވަނީ އެތަނުން ހައްޔަރުކޮށްފައެވެ. އާޒިމްވެސް ހައްޔަރުކޮށްފައިވަނީ މިއަދު އެމްޑީޕީ ހަރުގޭގައި "ހަވީރު ސައި" ގެ ނަމުގައި ކުރިއަށް ގެންދިޔަ ހަރަކާތަށް އެއްވެތިބި މީހުންނާއި މުޚާތަބުކޮށް ވާހަކަދައްކަން ހުއްޓަަައެެވެ.
އަލީ ޒާހިރާއި އާޒިމް ހައްޔަރުކުރީ ކޮންކަމަކާއި ގުޅިގެންކަން ސާފުވެފައި ނުވާއިރު އިތުރު ދެމީހަކު އެސަރަހައްދުންވަނީ ހައްޔަރުކޮށްފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...