ރާއްޖޭގެ ޚަބަރު ސަރުކާރުން ކުރަންއުޅޭ ބޮޑުކަމާއި މަރުގެ އަދަބު ދިނުމާއި ގުޅުމެއް ނެތް: އަޒްލީން

ސަރުކާރުން ކުރަންއުޅޭ ބޮޑުކަމާއި މަރުގެ އަދަބު ދިނުމާއި ގުޅުމެއް ނެތް: އަޒްލީން

ސަރުކާރުން ކުރަންއުޅޭ ބޮޑުކަމާއި މަރުގެ އަދަބު ދިނުމާއި ގުޅުމެއް ނެތް: އަޒްލީން

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިހަފްތާގައި ސަރުކާރުން ބޮޑުކަމެއް ނިންމާނެކަމަށް މީޑިއާގައި ދެކެވޭ ވާހަކައާއި މަރުގެ އަދަބު ތަންފީޒުކުރުމާއި އެއްވެސް ގުޅުމެއް ނެތްކަމަށް ހޯމް މިނިސްޓަރ އަހުމަދު އަޒްލީން ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ ސަރުކާރުން މަރުގެ އަދަބު ތަންފީޒުކުރަން އުޅޭކަމަށް ދެކެވެމުންދާ ވާހަކައަށް އިޝާރާތްކޮށް ކުރެއްވި ޓުވީޓެއްގައެވެ. އެގޮތުން އަޒްލީން ވިދާޅުވެފައިވަނީ މިހަފްތާގައި ސަރުކާރުން ބޮޑުކަމެއް ނިންމާނެކަމަށް މީޑިއާގައި ދެކެވޭ ވާހަކައާއި މަރުގެ އަދަބު ތަންފީޒުކުރުމާއި އެއްވެސް ގުޅުމެއް ނެތްކަމަށާއި މައުލޫމާތު ފެތުރުމުގައި އިތުރަށް ޒިންމާދާރުވެ ފެތުރޭ މައުލޫމާތުގެ ސައްހަކަމަށް ސަމާލުވުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސް ކުރާ ކަމަށެވެ.

ސަރުކާރުން މަރުގެ އަދަބު ތަންފީޒުކުރަން އުޅޭކަމުގެ އަޑުތައް ގަދަވެފައިވަނީ ޖުލައި 18 ވަނަ ދުވަހުގެރޭ ބޭއްވި ޕީޕީއެމްގެ ކައުންސިލްގެ ކުއްލި ބައްދަލުވުމުގައި ރައީސް އަބްދުﷲ ޔާމީން މި ހަފުތާ ބަންދުގެ ކުރިން ސަރުކާރުން ބޮޑުކަމެއް ނިންމާނެ ކަމަށް ވިދާޅުވި ކަމަށް ޚަބަރުތައް ފެތުރިގެން ދިއުމާ ގުޅިގެންނެވެ.

ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރަން ފެށުމާ ގުޅޭގޮތުން ހޯމް މިނިސްޓަރ އަޒްލީން ވިދާޅުވެފައިވަނީ ރާއްޖޭގައި މަރުގެ އަދަބު ތަންފީޒު ކުރުމުގެ ތައްޔާރީތައް އަދިވެސް ވަމުން އަންނަ ކަމަށާއި އެކަމަކު އެކަން ކުރެވޭނެ ދުވަހެއް ދަންނަވަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

މިދިޔަ އޭޕްރީލް މަހު ރައީސް ޔާމީން ވިދާޅުވެފައިވަނީ މަރުގެ ހުކުމް ތަންފީޒު ކުރާނެ ހާއްސަތަނެއް ގާއިމްކޮށްފައިވާ ކަމަށާއި އަދި މަރުގެ ހުކުމް ތަންފީޒު ކުރުމަށް ބޭނުންވާ ސާމާނު ލިބުމުން މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.