ރާއްޖޭގެ ޚަބަރު ޑރ ބިލާލް ފިލިޕްސް ރާއްޖެ ވަޑައިގެންފި

ޑރ ބިލާލް ފިލިޕްސް ރާއްޖެ ވަޑައިގެންފި

ޑރ ބިލާލް ފިލިޕްސް ރާއްޖެ ވަޑައިގެންފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދުނިޔޭގެ މަޝްހޫރު ދީނީ އިލްމްވެރިއެއް ކަމަށްވާ ޑރ. ބިލާލް ފިލިޕްސް ރާއްޖެ ވަޑައިގެންފިއެވެ.

ޕީސް ފައުންޑޭޝަންގެ ދަ ލެގަސީ އިވެންޓުގައި ތަޤްރީރުކުރެއްވުމަށް ޑރ ބިލާލް ފިލިޕްސް ރާއްޖެ ވަޑައިގަތީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ.

ޑރ ބިލާލް ފިލިޕްސްގެ މިދަތުރުގައި ދަ ލެގަސީ އިވެންޓުގައި ތަޤްރީރުކުރައްވާނީ ބުރާސްފަތި ދުވަހުގެ ރެއެވެ. އިސްލާމީ މަރުކަޒު ހުންނަ ސަރަހައްދުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މިހަރަކާތުގައި ޑރ ބިލާލް ފިލިޕްސް ތަޤުރީރުކުރައްވާނީ "ދަ ޓުރޫލީ ސަކްސެސްފުލް ޕީޕަލް" މިމައުޟޫގެ މައްޗަށެވެ.

މީގެ އިތުރުން މިހަފްތާގެ ހުކުރުދުވަހު އިސްލާމީ މަރުކަޒުގައި ހުކުރު ޚުތުބާ ދެއްވާ އިމާމްވެ ހުކުރު ކުރުމަށް ހަމަޖެހިފައިވަނީވެސް ޑރ ބިލާލް ޕިލިޕްސް އެެވެ.

މާލޭގެ އިތުރުން މިމަހުގެ 15 ވަނަ ދުވަހު ފުވައްމުލަކުގައިވެސް ޑރ ބިލާލް ފިލިޕްސް ތަޤުރީރުކުރައްވާނެ ކަމަށް ޕީސް ފައުންޑޭޝަންއިން ވަނީ ހާމަކޮށްފައެވެ.

މިއީ ޑރ ބިލާލް ފިލިޕްސް ރާއްޖެ ވަޑައިގެންނެވި ހަތަރުވަނަ ފަހަރެވެ. މީގެ ކުރިން ޑރ ބިލާލް ފިލިޕްސް ރާއްޖެ ވަޑައިގެންފައިވަނީ ޖަމިއްޔަތުއް ސަލަފްއިން ކުރިއަށް ގެންދާ ދަ ކޯލްގެ އިވެންޓުތަކުގައި ބައިވެރިވުމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.