ރާއްޖޭގެ ޚަބަރު މާދަމާއިން ފެށިގެން މިފްކޯއަށް މަސްގަންނާނީ ކިލޯއަކުން 1 ރ ބޮޑުކޮށް

މާދަމާއިން ފެށިގެން މިފްކޯއަށް މަސްގަންނާނީ ކިލޯއަކުން 1 ރ ބޮޑުކޮށް

މާދަމާއިން ފެށިގެން މިފްކޯއަށް މަސްގަންނާނީ ކިލޯއަކުން 1 ރ ބޮޑުކޮށް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މާދަމާއިން ފެށިގެން މިފްކޯއަށް މަސް ގަންނައަގު ކިލޯ އަކުން 1 ރ ބޮޑުކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިފްކޯގެ ޗެއާމަން އަދި އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު އަހްމަދު ޝަހީރު ވިދާޅުވީ މަސްވެރިންގެ އަތުން މަސް ގަންނަ އަގު ބޮޑުކުރީ މިދިޔަ މަސްތަކުގައި ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު އުފުލިފައިވުމާއި މަސް ގަންނަ ބޭރުގެ ކުންފުނިތަކުން ވެސް ކުރިއަށް ވުރެ ރަނގަޅު އަގެއް ލިބޭތީ ކަމަށެވެ.

ޝަހީރު އިތުރަށް ވިދާޅުވީ އެ ކުންފުނިން އަބަދުވެސް ބޭނުން ވަނީ މިފްކޯ އަށް ލިބޭ ފައިދާ މަސްވެރިންނާ ހިއްސާކުރަން ކަމަށާއި އެގޮތުން މަސްވެރިންނަށް ވިއްކާ ތެލުގެ އަގުތައް ދެ ފަހަރެއްގެމަތިން ހެޔޮކޮށްފައިވާ ކަމަށް ފާހަގަކުރެއްވިއެވެ.

މިބައްދަލުވުމުގައި ވާހަކަދައްކަވަމުން މިފްކޯގެ މިފްކޯގެ ސީއީއޯ އަދުލީ އިސްމާއިލް ވިދާޅުވީ މީގެ ކުރިން މަހުގެ އަގު ދަށްވެގެން ދިޔަ އިރުވެސް މިފްކޯއިން މަސްވެރިންގެ އަތުން ގަންނަ މަހުގެ އަގު ކުޑަ ނުކުރާ ކަމަށާއި ނަމަވެސް މިހާރު ފްރޯޒެން ޓޫނާގެ މާކެޓު ހަމައަކަށް އެޅެމުންދާ ކަމަށާއި، މިއަހަރު ކުރިޔަށް ލަފާކުރެވޭ ގޮތުގައި އެ އަގުތައް އޮންނާނީ ރަނގަޅަށް ކަމަށެވެ.

މިފްކޯ އިން މިހާރު މަސް ގަންނަނީ ފިނިކުރި ކަނޑުމަސް ކިލޯއެއް 19ރ. އަށް އަދި ފިނި ނުކުރާ މަސް ކިލޯއެއް 17ރ. އަށެވެ. މިއީ 2014 ވަނަ އަހަރުގެ ފަހުން މިފްކޯ އިން މަސް ގަންނަ އަގަށް ބަދަލު ގެނައި ފުރަތަމަ ފަހަރެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.