ރާއްޖޭގެ ޚަބަރު އަލިފުށި ރައްޔިތުން މިރޭވެސް ކަނުއަނދިރީގައި, ކަރަންޓު ލިބޭނެކަމުގެ އުއްމީދެއް ނެތް

އަލިފުށި ރައްޔިތުން މިރޭވެސް ކަނުއަނދިރީގައި, ކަރަންޓު ލިބޭނެކަމުގެ އުއްމީދެއް ނެތް

އަލިފުށި ރައްޔިތުން މިރޭވެސް ކަނުއަނދިރީގައި, ކަރަންޓު ލިބޭނެކަމުގެ އުއްމީދެއް ނެތް

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ރ އަލިފުއްޓަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއްނުލިބި މިރޭވެސް އެރަށުގެ ރައްޔިތުން ކަނު އަނދިރީގައި ތިބެން ޖެހިފައިވާ ކަމަށް އަލިފުށި ކައުންސިލްގެ ރައީސް ވިދާޅުވެއްޖެއެވެ.

އަލުފުށީ ކަރަންޓު މައްސަލައާއި ގުޅޭގޮތުން ދިއިސްލާމުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ކައުންސިލްގެ ރައީސް އަބްދުﷲ ރާޒީ ވިދާޅުވެފައިވަނީ މިރޭ 7:55 ހާއިރު އަލިފުށްޓަށް ކަރަންޓު ދިންނަމަވެސް އޭގެ އެއްގަޑިއިރުފަހުން އަނެއްކާވެސް ކަރަންޓު ކެނޑިފައިވާ ކަމަށާއި މިރޭ ދެން އިތުރަށް ކަރަންޓު ލިބުމުގެ އުއްމީދެއް ނެތްކަމަށެވެ.

އަލިފުށީ އިންޖީނުގޭގެ ސީނިއަރ ސްޕަވައިޒަރާ ހަވާލާދީ ރާޒީ ވިދާޅުވީ މިރޭ ދެން އިތުރަށް ކަރަންޓް ލިބޭނެކަމުގެ ޔަޤީންކަން އިންޖީނުގެއިން ނުދޭ ކަމަށެވެ.

ރާޒީ ވިދާޅުވީ މިއަދު 3 ފަހަރެއްގެ މަތިން އަލިފުއްޓަށް ކަރަންޓު ދީފައިވާ ކަމަށާއި ކަރަންޓު ދީފައިވަނީ އިންޖީނުގޭގައި ބޭނުންކުރަމުންދާ 400 ކިލޯވޯޓު ޖަނަރޭޓަރުގެ ޓެމްޕަރޭޗަރއަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް ފަހުގައެވެ. ކަރަންޓު ދިނުމަށްފަހު އަނެއްކާވެސް ކަރަންޓު ގޮސްފައިވަނީ އިންޖީނުގައި އިތުރު މައްސަލަތަކެއް އުޅޭތީކަމަށް އިންޖީނުގެއިން ބުނާކަމަށް ރާޒީ ފާހަގަކުރިއެވެ.

ރާޒީ އިތުރަށް ވިދާޅުވީ މިއަދު ހެނދުނު މާލެއިން ގެނައި 200 ކިލޯ ވޯޓުގެ ޖަނަރޭޓަރު އިންސްޓޯލްކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށާއި އެއަށް ބޭނުންވާ ޕެނަލް ކޭބަލްއާއި އެލާމް ސްވިޗް މިއަދު ހަވީރުގެ ފުލައިޓުން ލިބޭނެ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އަލިފުށީގައި މީގެ އަހަރެއްވަރު ކުރިން ފެށިގެން އެކިދުވަސް ވަރު ކަރަންޓުގެ މައްސަލަ ޖެހެމުން އަންކަން ފާހަގަކުރައްވާ ރާޒީ ވިދާޅުވީ ކަރަންޓުގެ މައްސަލަ ޖެހުމަށް މެދުވެރިވި ސަބަބަކީ އިންޖީނުގޭގައި ބޭނުންކުަރަމުންދިޔަ 600 ކިލޯ ވޯޓުގެ ޖަނަރޭޓަރުގެ ރޭޑިއޭޓަރ ހަލާކުވުން ކަމަށެވެ. އަދި އަލިފުށީ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބެންއޮތީ 600 ކިލޯވޯޓުގެ ޖަނަރޭޓަރ އަށް ދިމާވެފައިވާ މައްސަލަ ހައްލުކުރެވުމުން ކަމަށް ރާޒީގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

 

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.