ޕީސް ފައުންޑޭޝަންގެ ފަރާތުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ "ދި ލެގަސީ" ގެ ދަރުސްތައް ޕަބްލިކް ސަރވިސް މީޑިއާގެ ޗެނަލްތައް މެދުވެރިކޮށް ފޮނުވުމަށް ޕީސް ފައުންޑޭޝަނާއި، ޕީ.އެސް.އެމްއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ޕީ.އެސް.އެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު އިކްރާމް އަބްދުލަތީފު ވިދާޅުވީ، ޕީއެސްއެމްގެ އެއް ޒިންމާއަކީ ދިވެހިންގެ ދީނީ ހޭލުންތެރިކަން އިތުރު ކުރުން ކަމަށާއި އެގޮތުން އިސްލާމީ ކަންކަމާ ބެހޭ ގޮތުން ބޭރުގެ ސްކޮލަރުން އައިސް ދެއްވާ ތަގުރީރުތައް ކަވާ ކުރުމަކީ މުހިންމު ކަމެއް ގޮތުގައ ދެކޭ ކަމަށެވެ. އެހެންކަމުން މާލޭގައި ބާއްވާ ލެގަސީ އިވެންޓުގެ ދަރުސް ޕީއެސްއެމްގެ ޗެނަލްތަކުން ލައިވް ކުރާނެ ކަމަށް އިކްރާމް ވިދާޅުވި އެވެ.
ޕީސް ފައުންޑޭޝަންގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ސޮބާހް ބުނީ، ޕީ.އެސް.އެމްގެ ޗެނަލްތައް މެދުވެރިކޮށް ލެގަސީ އިވެންޓުގެ ޓޯކްތައް ރަށްރަށުގެ ރައްޔިތުންނާއި ހަމައަށް ވަގުތުން ގެނެސްދެވުމަކީ އެޙަރަކާތައް ލިބިގެންދާ ވަރަށް ބޮޑު ފުރިހަމަކަމެއްކަމަށާއި، އޭގެ ސަބަބުން މިފަދަ ޙަރަކާތްތައް ބޭއްވުމަށް އިތުރު ހިއްވަރެއް ފީސް ފައުންޑޭޝަނަށްވެސް ލިބިގެންދާކަމަށެވެ.
ދަ ލެގަސީ އިވެންޓްގައި ފުރަތަމަ ދަރުސް ދެއްވާނީ މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. އަބޫ އަމީނާ ބިލާލް ފިލިޕްސް އެވެ. އެ ދަރުސް އޮންނާނީ އަންނަ މަހުގެ 13 ވަނަ ދުވަހު އިސްލާމީ މަރުކަޒު ހުންނަ ސަރައްހަދުގަ އެވެ. އެ ދަރުސް ނިންމާލުމަށް ފަހު ބިލާލް ފުވައްމުލަކު ސިޓީއަށް ފުރާވަޑައިގެން އެ ރަށުގައި ވެސް ދަރުސްތަކެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ
ކޮމެންޓް (0)
ލޯޑް ކުރަމުން...