ރާއްޖޭގެ ޚަބަރު ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި

ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި

ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ބަލައިގަންނަން ފަށައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ބަލައިގަންނަން މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިން ފަށައިފިއެވެ.

މިކަމާއި ގުޅޭގޮތުން އެމިނިސްޓްރީއިން ނެރެފައިވާ އިއުލާނެއްގައިވަނީ މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހާ ހަމަ އަށް ހެނދުނު 10:00 އިން 4:00 އަށް އަދި ރޭގަނޑު 9:00 އިން 10:30 އަށް އަރަބިއްޔާ ސްކޫލުގެ ހޯލުގައި ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ބަލައިގަންނާނެ ކަމަށެވެ.

ޒަކާތް ނެރެންޖެހޭނީ އަހަރުތެރޭގައި އެބަޔަކު އާއްމުކޮށް ކައިއުޅުނު ގޮވާމުގެ ބާވަތަކުން 2.4 ކިލޯ ކަމަށް މިނިސްޓްރީގެ އިއުލާނުގައި ފާހަގަކޮށްފައިވެއެވެ.

ޒަކާތުގެ ގޮތުގައި ލިބޭ ގޮވާމުގެ ބާވަތްތައް ބެހުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.