ރާއްޖޭގެ ޚަބަރު އިސްލާމިކް ޔުނިވަރސިޓީގެ ބައެއް ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

އިސްލާމިކް ޔުނިވަރސިޓީގެ ބައެއް ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

އިސްލާމިކް ޔުނިވަރސިޓީގެ ބައެއް ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއިން 2017 ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރގައި ފެށުމަށް ހަމަޖެހިފައިވާ ބައެއް ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން އިސްލާމީ ޔުނިވަރސިޓީއިން ހާމަކޮށްފައިވަނީ ބައިވެރިވުމުގެ މުއްދަތު އިތުރުކުރި ކޯސްތަކަށް މިމަހުގެ 22 ވަނަ ދުވަހާއި ހަމައަށް ފޯމް ބަލައިގަންނަމުން ގެންދާނެ ކަމަށެވެ.

އިސްލާމީ ޔުނިވަރސިޓީއިން މުއްދަތު އިތުރުކޮށްފައިވަނީ ޖުމްލަ 22 ކޯހަކުންނެވެ. އެއީ މާސްޓަރސް ލެވެލްގެ ފަސް ކޯހަކާއި ޑިގްރީ ފެންވަރުގެ ހަތްކޯހެއްގެ އިތުރުން ޑިޕްލޮމާ ފެންވަރުގެ ފަސް ކޯހަކާއި ސެޓްފިކެޓް ލެވެލްގެ ފަސް ކޯހެކެވެ.

މިއީ އިސްލާމީ ޔުނިވަރސިޓީއިން މިއަހަރުގެ ދެވަނަ ސެމިސްޓަރގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ބައިވެރިވުމުގެ މުއްދަތު އިތުރުކުރި ދެވަނަ ފަހަރެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.