ހައިކޯޓުގެ ފަނޑިޔާރުންގެ އަދަދު 11 އަށް އިތުރުކުރުމަށް ކޯޓުތަކާއި ބެހޭ ޤާނޫނަށް ގެނައި އިސްލާހު މަޖްލިސްއިން މިއަދު ފާސްކޮށްފިއެވެ.
އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ހުށަހެޅުއްވި އިސްލާހު މަޖިލީހުން ފާސްވީ 43 މެމްބަރުންގެ ވޯޓާ އެކު އެވެ. އެ އިސްލާހާ ދެކޮޅަށް ވޯޓު ދީފައިވަނީ 29 މެމްބަރުންނެވެ.
މިއިސްލާހާއެކު ކޯޓު ތަކާ ބެހޭ ގާނޫނުގެ 17 ވަނަ މާއްދާގައި ވާގޮތުން އެކޯޓަށް އައްޔަން ކުރެވޭނީ 11 ފަނޑިޔާރުންނެވެ. މިއިސްލާހު ހުށަހެޅި ސަބަބަކީ، ހައި ކޯޓަށް ހުށަހެޅޭ މައްސަލަތައް އިތުރު ވަމުންދާތީ ހަލުއިމިނެއްގައި އިސްތިއުނާފް މައްސަލަތައް ކުރިއަށް ގެންދިއުމަށް މަގުފަހި ކުރުމަށް ކަމަށް އިސްލާހު ހުށަހެޅި ފަރާތުން ހާމަކޮށްފައިވެއެވެ.
ކޯޓުތަކާއި ބެހޭ ޤާނޫނު ވުޖޫދަށްއައިރު ހައިކޯޓުގައި ތިއްބަވާނީ 11 ފަނޑިޔާރުންނެވެ. ނަމަވެސް އެއިގެ ފަހުން އެޤާނޫނަށް ގެނައި އިސްލާހާއެކު ފަނޑިޔާރުންގެ އަދަދުވަނީ 9 އަކަށް މަދުކޮށްފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...