ދިވެހިރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ޤައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްޚަތު ޖަމިއްޔާއިން ކަނޑައަޅައިފިއެވެ.
މިކަން އިއުލާންކޮށްފައިވަނީ ނިއު ދިއްލީގައި މިހާރު ކުރި އަށް ދާ އިމިއުނައިޒޭޝަން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕްގެ އަށް ވަނަ ބައްދަލުވުމުގައި ޑަބްލިއުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ރީޖަނަލް ޑިރެކްޓަރު ޑރ. ޕޫނަމް ސިންގް އެވެ.
މިކަމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނި ގޮތުގައި ރާއްޖޭގައި ހިމަބިހި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި 2005-2007 އަށް ހާއްސަ ކެމްޕޭނެއް ވަނީ ހިންގާފަކަމަށާއި އަދި މި އަހަރުގެ ފެބްރުއަރީ އާއި މާޗް މަހުގެ ތެރޭގައި ހިމަބިއްސާއި ރުބެއްލާ އަށް ހާއްސަ ގައުމީ ކެމްޕޭނެއް ވެސް ކުރިއަށް ގެންދިޔަކަން އެޗްޕީއޭ އިން ފާހަގަކޮށްފައިވެ އެވެ. އަދި ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ރާއްޖެ ދެމެހެއްޓުމަށް މިހާރު ވެސް ކުރިއަށް ގެންދާ ގައުމީ ތާވަލާ އެއްގޮތަށް ވެކްސިނޭޝަން މެދުނުކެނޑި ކުރިއަށް ގެންދިއުމާ އެކު ބަލި އުޅޭ ނޫޅޭ ގޮތް ހަރުދަނާކަމާ އެކު ބަލައްޓަމުން ގެންދެވޭނެ ކަމަށް މިކަމާ ގުޅިގެން އެއެޖެންސީއިން މިއަދު ނެރުނު ބަޔާނުގައިވެއެވެ.
މި ސަރަހައްދުގެ ގައުމުތަކުން ރާއްޖޭގެ އިތުރުން ހިމަބިހި ނައްތާލެވިފައިވާ އަނެއް ގައުމަކީ ބޫޓާނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...