އިނގުރައިދޫ އެންލައިޓްމަންޓް އެސޯސިއޭޝަންގެ ފަރާތުން އެރަށުގެ ފާރުތަކުގައި ނަސޭހަތުގެ ހިތްގައިމު މެސެޖުތައް ލިޔެ ފާރުތައް ނަލަކޮށްލައިފިއެވެ.
މިކަމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އެޖަމިއްޔާގެ ފަރާތުން ވާހަކަދެއްކެވި މުހައްމަދު ނާޒިމް ވިދާޅުވީ ރަށުގެ ރައްޔިތުންނަށް ދީނީ ނަސޭހަތް ލިބިދޭ ބެނާތަކެއް ރަށުގައި ދެމުމަށް އެޖަމިއްޔާއިން އައީ މަސައްކަތްތަކެއް ކުރަމުން ކަމަށާއި ނަމަވެސް ޚިޔާލު ބަދަލުވީ މިފަހުން ރާއްޖޭގެ ބައެއް ރަށްރަށުގެ ފާރުތަކުގައި ލިޔަމުން ގެންދިޔަ މިފަދަ މެސެޖުތައް ފެނުމުން ކަމަށެވެ.
ނާޒިމް ވިދާޅުވީ މިމަސައްކަތުގައި ރަށުގެ ކައުންސިލްގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭކަމަށާއި އެކަމަށްޓަކައި ކައުންސިލަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރާކަމަށެވެ.
"އަޅުގަނޑުމެން ޖަމިއްޔާއިން އެދުނު އެއްވެސް ކަމަކަށް މިހާތަނަށް ކައުންސިލްއިން ނެތް އެއްވެސް ފަހަރަކު ނޯ ޖަހާފައެއް. އަބަދުވެސް ވަރަށް ބޮޑު އެއްބާޜުލުމެއް ލިބޭ. އެގޮތުން މިމަސައްކަތުގައި ކައުންސިލްގެ މެމްބަރަކުވެސްވަނީ އަމަލީ ގޮތުންވެސް ހަރަކާތްތެރިވެފައި" ނާޒިމް ވިދާޅުވިއެވެ.

ނާޒިމް އިތުރަށް ހާމަކުރި ގޮތުގައި މިކަމަށް ރައްޔިތުންގެ ފަރާތުންވެސް ރަނގަޅު ޚިޔާލުތަކެއް ލިބެމުންދެއެވެ. އަދި މިހާރު ތިން ފާރެއްގައި މެސެޖުތައް ލިޔުމުގެ މަސައްކަތް ނިމިފައިވާ ކަމަށާއި ކުރިއަށް އޮތްތަނުގައި އިތުރު ފާރުތަކުގައިވެސް މިފަދަ ނަސޭހަތުގެ މަސެޖުތައް ލިޔުމަށް ވަނީ ދަނީ މަސައްކަތް ކުރެވެމުންނެވެ.
މިރަމަޟާންމަސް ފެށިގެންއައި އިރު ގއ ގެމަނަފުށި ފާރުތަކުގައި މިފަދަ ލިޔުންތަކެއް ލިޔެގެން ވަރަށް ގިނަ މީހުންނަށްވަނީ އެކަން ކަމުގޮސްފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...