ރާއްޖޭގެ ޚަބަރު އެސްޓީއޯއިން މަކުނުދޫއަށް ކާޑާއި ގޭހުގެ ޝިޕްމަންޓެއް ފޮނުވައިފި

އެސްޓީއޯއިން މަކުނުދޫއަށް ކާޑާއި ގޭހުގެ ޝިޕްމަންޓެއް ފޮނުވައިފި

އެސްޓީއޯއިން މަކުނުދޫއަށް ކާޑާއި ގޭހުގެ ޝިޕްމަންޓެއް ފޮނުވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހދ މަކުނުދޫ ކާޑަށް ޖެހިފައިވާތީ އެރަށަށް ކާޑާއި ގޭހުގެ ޝިޕްމަންޓެއް އެސްޓީއޯއިން ފޮނުވައިފިއެވެ.

މިކަމާއި ގުޅޭގޮތުން އެސްޓީއޯއިން ހާމަކޮށްފައިވަނީ މަކުނުދޫއަށް ކާޑާއި ގޭހުގެ ޝިޕްމަންޓެއް ފޮނުވާފައިވަނީ އިއްޔެގައި ކަމަށާއި މިހާރު އެރަށުގައި އެއް ހަފްތާއަށް ވާވަރަށް ކާޑާއި ގޭސް ލިބެން ހުންނާނެ ކަމަށެވެ.

އެސްޓީއޯ އިން މަކުނުދޫއަށް ފޮނުވީ 150 ބަސްތާގެ ކާޑާއި 50 ފުޅި ގޭހެވެ.

ރާއްޖޭގެ އެންމެ ހުޅަނގަށް އަދި މުޅިން ވަކިން އޮންނަ މަކުނުދޫ ކާޑާއި ގޭހަށް ޖެހުނީ މޫސުން ގޯސްވުމުގެ ސަބަބުން މާލެ އާއި އެރަށާ ދެމެދު ދަތުރުކުރަން ހުރަސްތައް ކުރިމަތިވުމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.