"ސުންނަތުގެ ދިފާއުގައި" ނަމުގައި ޖަމިއްޔަތުއް ސަލަފްއިން ދަރުހެއް އިންތިޒާމް ކުރަމުންދާ ކަމަށް އެޖަމިއްޔާއިން ހާމަކޮށްފިއެވެ.
އެޖަމިއްޔާގެ ފޭސްބުކް ޕޭޖްގައި ހާމަކޮށްފައިވާ ގޮތުގައި އައްޝައިޚް އަބްދުއްސަލާމް ދާއޫދު ދެއްވާ މިދަރުސް އޮންނާނީ މިމަހުގެ 28 ވާ ހުކުރު ދުވަހުގެރޭ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައެވެ.
އެރޭ 20:45 ގައި ފެށުމަށް ހަމަޖެހިފައިވާ މިދަރުސް ވީޓީވީ، ސަންޓީވީގެ އިތުރުން ރޭޑިއޯ އެޓޯލްއާއި ރޭޑިއޯ ސަލަފްއިން ލައިވްކުރުމަށްވަނީ ހަމަޖެހިފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...