ރޭޑިއޯ އެޓޯލްއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވާ ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް މުއްދަތު އިތުރުކޮށްފިއެވެ.
މިކަމާއި ގުޅޭގޮތުން ރޭޑިއޯ އެޓޯލްއިން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަކޮށްގެން ބާއްވާ ޤުރުއާން މުބާރާތުގައި ބައިވެރިވުމަށް މުއްދަތު މިމަހުގެ 19 ވަނަ ދުވަހާއި ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ.
ބަލައިގެންނާއި ހިތުން ކިޔުމުގެ ބައި ހިމެނޭނެ މިމުބާރާތުގައި ބައިވެރިވެވޭނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށެވެ. އަދި އެފަދަ ފަރާތަކީ ޕީއެސްއެމްއިން ކުރިއަށް ގެންދާ ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި މުބާރާތުގައި އެއްވަނަ، ދެވަނަ ނުވަތަ ތިންވަނަ ލިބިފައިވާ ފަރާތަކަށް ވެގެން ނުވާނެއެވެ.
މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ރޭޑިއޯ އެޓޯލްގެ އިދާރާ މއ ފީރޯޒްވާދީ 9 ވަނަ ފަންގިފިލާއިންނާއި ރޭޑިއޯ އެޓޯލްގެ ފޭސްބުކް ޕޭޖުން ލިބެން ހުންނާނެކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...